ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!
ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!

ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ހާލަތު އެހާ ގޯސްވީ، އެ ކުންފުނީގެ ބޯޑާއި ޕީސީބީ އާއި ފިނޭންސް މިނިސްޓްރީގެ އިހުމާލުން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!
ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޮޑިޓަ ޖެނެރަލް އޮފީހުގެ އިސްވެރިން ހާޒިރުކޮށް، ސުވާލު ކުރުމުން އެ އޮފީހުގެ އެސިސްޓެންޓް އޮޑިޓަ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފެނަކައިގެ ބޯޑަކީ، ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ޑައިރެކްޝަން ކަނޑައަޅާ ބަޔަކަށް ވާއިރު، އެ ޒިންމާތައް އެ ބޯޑުން އަދާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނިން އިންހައުސް ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް ގެންގުނު އުސޫލުތަކާ ގުޅޭ ގޮތުން ބޯޑުން އެއްވެސް ނިންމުމެއް ނިންމާފަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!
ފެނަކައިގެ ހާލަތު ގޯސްވުމުގައި ފިނޭންސާއި ޕީސީބީ އަދި ކުންފުނީގެ ބޯޑުގެ ޒިންމާ ބޮޑު!

އައިމަން ވިދާޅުވި ގޮތުގައި، ކުންފުނީގެ ހާލަތު ބަލައި، ރަނގަޅު މިސްރާބަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑެވެ.

އައިމަން ވިދާޅުވީ، ބޯޑުގެ އިތުރުން ފެނަކައިގެ މައްސަލާގައި ޕީސީބީގެ ޒިންމާ ވެސް ފުރިހަމަ އަށް އަދާނުކުރާ ކަމަށެވެ. އަދި އެ ކުންފުނީގެ ހިސާބުތައް ނުބެލި، ކުންފުނި ހަރުދަނާ ކުރުމުގައި އެ އިދާރާގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ، އެ ކުންފުނީގެ ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން ފެނަކައިން ފޮނުވާ ސިޓީތަކަށް ކަންކަން ރަނގަޅަށް ބެލުމުގެ ބަދަލުގައި ފައިސާތައް ދެމުން ދިޔަކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ސިޓީއެއް ފޮނުވާލާ އިރަށް އެތައް ބައިވަރު ސަތޭކަ މިލިއަނުން ފައިސާ ދެމުން ދިޔަތަން. ކުންފުނިން އެޑްވާންސް ޓެފިރާއި މި ހުރިހާ އެއްޗަކަށް ރިކުއެސްޓް ކުރަމުން އަންނަ ސަބަބު މާލީ ވުޒާރާއިން އެބަ ބެލެން ޖެހޭ. ދައުލަތުގެ ހުރިހާ މާލީ ކަންކަމުގެ ކަސްޓޯޑިއަން އަކީ މިނިސްޓްރީ އޮފް ފައިނޭންސް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހާ ފަސޭހައިން ލުއި ގޮތަކަށް ދައުލަތުގެ ފައިސާ ދޫކުރުން އެއީ ފިނޭންސް މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ފެނަކައިގެ ހާލަތު އެ ހިސާބަށް ދިޔައީ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ފެއިލްވުމުން ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގެ މާލީ ހާލަތާއި މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު، މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެމްއައިބީ އިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގި އިރު ފިނޭންސް މިނިސްޓްރީން ޓެރިފް އެޑްވާންސްގެ ގޮތުގައި ވެސް 618 މިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ. އަދި އެސްޓީއޯ މެދުވެރިކޮށް 231 މިލިއަން ރުފިޔާގެ ލޯނެއް ވެސް ފެނަކައަށް ނެގި އެވެ. އެ މުއާމަލާތްތައް ހިންގީ ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމާ އެކު އެވެ.

ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނިން ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. އަދި އޭރުގެ ވެރިކަން ކުރި ޕާޓީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާއޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް ފާހަގަކޮށްފައި ވެ އެވެ.