ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި
ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި

އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިން ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް ޔަހޫދީ ވަޒަންވެރިން ކުރިމަތިކުރާ ދުއްތުރާތަކާ ދެކޮޅަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެކި ގައުމުތަކުގެ 32 އެކްޓިވިސްޓަކު އިޒްރޭލުން ޑީޕޯޓްކޮށްލައިފި އެވެ.

ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި
ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި

އިޒްރޭލުގެ ބޮޑުވަޒީރުގެ ނައިބު ޔަރީވް ލެވިން ބުނީ ޑީޕޯޓް ކުރުމުގެ އަމުރު ނެރެފައި ވަނީ ނޯދަން ވެސްޓް ބޭންކް ސެޓްލްމަންޓްސް ކައުންސިލްގެ ރައީސް ޔޮސީ ޑަގަން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ކުރި ޝަކުވާގައި އެ އެކްޓިވިސްޓުންނަކީ މަސްލަހަތު ނަގާލަން އުޅޭ، ހައިސިއްޔަތެއް ނެތް ބައެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި
ފަލަސްތީނުގެ ދަނޑުވެރިންގެ ހިމާޔަތުގައި އުޅޭ ބޭރުގެ 32 އެކްޓިވިސްޓަކު ޑީޕޯޓްކޮށްލައިފި

ފަލަސްތީނުގެ ދަނޑުވެރިންގެ ޒައިތޫނު ދަނޑުތަކަށް ގެއްލުން ދިނުމަކީ ޔަހޫދީ ވަޒަންވެރިން އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މި އަހަރުގެ ގޮވާން މޫސުމާ ދިމާކޮށް ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ވަނީ އިތުރުވެފަ އެވެ.

ބޭރުގެ އެކްޓިވިސްޓުން އެ ސަރަހައްދުން ފެންނަން ތިބުމަކީ ޖެއްސުމާއި ފުރައްސާރައިގެ އަމަލުތަކަށް ޔަހޫދީން ފަސްޖެހޭ ސަބަބަކަށް އޮންނަނީ ވެފަ އެވެ.

ޑީޕޯޓްކުރި ބައެއް މީހުން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ބައެއް އެކްޓިވިސްޓުން ދެތިން ދުވަސް ވަންދެން ބަންދުކޮށްފައި ވެސް ބޭތިއްބި އެވެ.

ޑީޕޯޓް ކުރި މީހުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ރޫޑީ ޝުލްކިންޑް އޭއެފްޕީ އަށް ބުނީ އޭނާ ހުޅަނގު އައްސޭރިއަށް ދިޔައީ ފަލަސްތީނުގެ ދަނޑުވެރިންނަށް އެހީވާން ކަމަށެވެ.

"އަހަރެމެން ހައްޔަރުކުރީ އަސްކަރީ ސަރަހައްދެއްގައި ޒައިތޫނި ބިންނަން އުޅުނު ކަމަށް ބުނެ،" މިއީ ކަމެއް ހުއްޓުވަން ވެއްޖެ ނަމަ އިޒްރޭލުން އެންމެ އާންމުކޮށް ދައްކާ އުޒުރުކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އޭނާ ބުނީ 32 އެކްޓިވިސްޓުން ހައްޔަރުކުރީ ނާބުލްގެ ކައިރީގައި އޮންނަ ޒައިތޫނި ދަނޑަކުން ޒައިތޫނި ބިނުމަށް ދަނޑުވެރިންނަށް އެހީވާން އުޅެނިކޮށް ކަމަށެވެ.