22 އޮކްޓޯބަރ 2025 - 15:56

އުތުރުގެ ރަށެއްގައި ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ވެސް ރޭ ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.