ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ، ގެއްލުން ލިބިއްޖެ
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ، ގެއްލުން ލިބިއްޖެ

ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާން ރޯވެ، ގެއްލުން ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވަނީ 11 ވަނަ ޓަވަރުގެ ހަ ވަނަ ފްލޯގެ ބެލްކަނީގަ އެވެ.

ނަމަވެސް، އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށެވެ. އެކަމަކު، ލިބުނު ގެއްލުންތަކެއް އަދި ނޭނގެ އެވެ.