ރަންވީރާއި ދިޕިކާގެ ދުއާގެ ފޮޓޯއެއް
ރަންވީރާއި ދިޕިކާގެ ދުއާގެ ފޮޓޯއެއް

ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންވީރް ސިންގާއި ދީޕިކާ ޕަޑުކޯންގެ އަލަތު ދަރިފުޅު ދުއާ ޕަޑުކޯން ސިންގުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އިއްޔެ އާންމުކޮށްފި އެވެ.

އެ ފޮޓޯ އާންމުކުރީ ދިވާލީގެ މުނާސަބަތުގައި ފޭނުންނަށް އެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ރަންވީރާއި ދީޕިކާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ފޮޓޯގައި ދުއާ އުރާލައިގެން ދީޕިކާ ހުރި އިރު، ކައިރީގައި ރަންވީރް ވެސް ހުއްޓެވެ. އަދި މިއީ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އެ ދެމަފިރިން އާންމުކުރި ފުރަތަމަ ފަހަރެވެ.

ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ.

ދީޕިކާ ކުރިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ދުއާ"، އެ ނަމުގެ މާނައަކީ އަޅުކަން ކަމަށެވެ. އެ ދަރިފުޅު ލިބުނީ އެ ދެމަފިރިން ކުރި ދުއާގެ ސަބަބުން ކަމަށް ވާތީ ދަރިފުޅަށް އެ ނަން ދޭން ނިންމީ ކަމަށް ވެސް ދީޕިކާ އޭރު ބުންޏެވެ.

ދަރިފުޅު ލިބުމާ އެކު ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމަށް ފަހު ދީޕިކާ އާއި ރަންވީރް ވެސް މިހާރު އަންނަނީ އެމީހުންގެ އާ ފިލްމުތަކަށް ތައްޔާރުވަމުންނެވެ.

ދީޕިކާ އާއި ރަންވީރް ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވީ ފަހުންނެވެ.