އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް

ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހިންގާ ކޮންސްޓްރަކްޝަން ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް

ރައީސް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ސަރުކާރުން ހިންގަން ނިންމާފައިވާ އެތައް މަޝްރޫއުތަކެއް ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި އަމިއްލަ ގިނަ ކުންފުނިތަކަކާ ހަވާލު ކުރާނެ ކަމަށެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް

އޭގެ ސަބަބުން އެތައް ކުންފުނިތަކަކަށް އެ މަޝްރޫއުތަކުގެ ފައިސާ ލިބިގެން ދިޔުމުން އެތައް އާންމު ރައްޔިތުންނަކަށް ތަނަވަސްކަން ލިބޭނެ ކަމަށާއި އިގުތިސޯދު ފުޅާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރާނަން: ރައީސް

"އެކިއެކި ކުދި އަދި މެދުފަންތީގެ ކުންފުނިތައް އަދި ބޮޑެތި ބައެއް ކުންފުނިތަކަށް ވެސް ސަރުކާރުގެ އެކި ކަހަލަ، އަޅުގަނޑު ވައުދު ވެފައިވާ އެތައް މަޝްރޫއުތަކެއް، އޭގެ ތެރޭގައި ސްކޫލްތަކާއި ހެލްތު ސެންޓަރުތަކާއި މިސްކިތްތަކާ މިހެން ގޮސް އެތައް ތަނެއް އެބަ ހަވާލުކުރަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުން އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭރަށް ވެސް ދިވެހި އެތައް ރައްޔިތުންނެއްގެ ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމަ އެތައް ރައްޔިތުންނެއް މުއްްސަނދި ވެގެން ދާނެ. އެކަން ވެސް އަޅުގަނޑުމެން ކުރިއަށް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕްކުރުމެއް ނެތި، ރައްޔިތުން ތަނަވަސްކުރަން މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.