އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް މަހަކު 3،000ރ. ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީ، ކޮންމެ ދަރިއަކަށް 3،000ރ. ލިބޭނެ

އެ މަނިކުފާނަށް ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ވައުދު ފުއްދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށާއި އެގޮތުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ކޮންމެ ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރި ނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ ދެނީ ކުއްޖަކަށް 1،000ރ. ގެ ރޭޓުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައި ވާނެ ކަމަށެވެ. އެ އެލަވަންސް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސްގެ އިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އިނާޔަތެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަން ވެސް ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ. އެ އިނާޔަތަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓަރީ ވެފައިވެ އެވެ. އަދި އެއީ އަލަށް ދޭން ފަށާ އެލަވަންސެކެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި، މިދިޔަ މަހު އަލަށް 69 ކުއްޖަކު ރަޖިސްޓަރީ ވެފައި ވާއިރު، އެ ހާލަތުގައި ތިބި ކުދިންނަށް މިދިޔަ އޮގަސްޓް މަހު އެކަނި ވެސް 4.9 މިލިއަން ރުފިޔާ އެންސްޕާ އިން ދޫކޮށްފައިވެ އެވެ.