މާލޭގެ ގޭގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކުރަން އަންގައިފި
މާލޭގެ ގޭގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކުރަން އަންގައިފި

މާލޭގެ ގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު، ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ، ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު، ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އިއުލާނުގައި ބުންޏެވެ.

އެކަން ހައްލު ކުރުމަށް ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބަހައްޓަން ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.