21 އޮކްޓޯބަރ 2025 - 11:48

ދިރާގުން މިހާރު ކުރިއަށް ގެންދާ، ދެ ސްޕީޑް ބޯޓު ލިބޭ ޕްރޮމޯޝަނުގައި ބޯޓު ލިބުމުގެ ފުރުސަތު ދެ ގުނަކޮށްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ ސްޕީޑްބޯޓު ހޯދަން އެންރޯލް ކުރާ ކަސްޓަމަރުންނަށް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ދޭ ފުރުސަތެކެވެ. އޭގެ އިތުރުން ދިރާގު ޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު އިތުރު ވާނެ ކަމަށާއި އެ ފަރާތްތަކަށް އަގުހުރި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން، މުޅިން އާ ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމް އިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ބޯޓުތަކަކީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓުތަކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލްއިން އެންރޯލް ކުރެވޭނެ އެވެ.