ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި
ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއާ އިން ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.

ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި
ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި

މިއީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ. އަދި އެއީ އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ސައޫދީގެ ފުރަތަމަ އެއާލައިނެވެ.

ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި
ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި

ސައުދިއާ އެއާލައިނުން ވީއައިއޭގެ ޓާމިނަލް 1 ގައި ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދު އެވެ.

ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި
ސައޫދީ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ދޭން ފަށައިފި

ޓާމިނަލް 1 ގައި މިހާރު ހިދުމަތް ދޭ 11 އެެއާލައިން:

- މޯލްޑިވިއަން އެއާލައިން

- އެއާ އަރަބިއާ

- ބިއޯންޑް

- ފިޓްސް އެއާ

- ބެއިޖިންގް ކެޕިޓަލް އެއާލައިންސް

- ބަޓިކް އެއާ

- ބެންކޮކް އެއާވޭސް

- އިންޑިގޯ

- ގަލްފް އެއާ

- މެލޭޝިއާ އެއާލައިންސް

- ސައުދިއާ އެއާލައިންސް

ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ އާއި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ އާއި ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ޓާމިނަލް 1 އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު SV838 އިން މިއަދު ރާއްޖެ އައި 127 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔެވެ.

ސައޫދީ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށީ މާޗު 30، 2016 އިގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.