ޑެމްބެލޭ އެނބުރި އައުމުން އެންރީކޭއަށް ބޮޑު އުފަލެއް
ޑެމްބެލޭ އެނބުރި އައުމުން އެންރީކޭއަށް ބޮޑު އުފަލެއް

އެންމެ ފަހުގެ ބެލޮންޑިއޯ ކާމިޔާބު ކުރި ފްރާންސްގެ އުސްމާން ޑެމްބެލޭ އަނިޔާއިން ރަނގަޅުވެ، ޕީއެސްޖީން ޖަރުމަނުގައި ބެޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ކުޑަކަޅުވާ އަށް އަނިޔާއަކީ ގުޅިގެން ކުޅުމާ ދުރުގައި ހުރި އެމްބާޕޭ، އެނބުރި އައީ ހައެއްކަ ހަފްތާ ފަހުންނެވެ. މީގެ އިތުރުން ކެޕްޓަން މާކީނިއޯސް ވެސް ވަނީ އަނިޔާއިން ރަނގަޅުވެފަ އެވެ.

ޑެމްބެލޭ އަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފްރާންސާ އެކު އިންޓަނޭޝަނަލް ބްރޭކް ތެރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެވެ.

ބެލޮންޑިއޯ ލިބުމުގެ ކުރިން ވެސް އަދި މިހާރު ވެސް ޑެމްބެލޭއަކީ އެހެން ކުޅުންތެރިންނާ ތަފާތު ކުޅުންތެރިޔެއް ކަމަށް އެންރީކޭ ބުންޏެވެ. އޭނާ ބުނީ ޑެމްބެލޭގެ އެނބުރި އައުމުން މެޗުގައި ބޭނުން ކުރާ ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށެވެ. އޭނާގެ އިތުރުން މާކީނިއޯސް އާއި މިދިޔަ ހަފްތާ އަނިޔާއިން ރަނގަޅުވި ޑިޒިރޭ ޑޫއޭ އަލުން ސްކޮޑުގައި ހިމެނޭތީ އުފާކުރާ ކަމަށް، އެންރީކޭ ބުންޏެވެ.

"ކުޅުންތެރިން އަލުން ޓީމާ ގުޅުމަކީ ޓީމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް. ލިބޭ އޮޕްޝަންތައް ގިނަވާނެ. އެކަމަކު ނަތީޖާ ބިނާވާނީ ކުޅުންތެރިން މާދަމާ ތިބޭނެ ހާލަތަށް،" އެންރީކޭ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޕީއެސްޖީ އަށް މޮޅު ވެވިފައެއް ނުވެ އެވެ. ލިލް އާއި ސްޓްރާސްބޯގާ ދެކޮޅަށް ކުޅެ އެއްވަރުވީ އެވެ. ޕީއެސްޖީއަށް ވަނީ ލީގު ތާވަލުގެ އެއްވަނަ ވެސް މިވަގުތަށް ގެއްލިފަ އެވެ.

އެކަމަކު ޗެމްޕިއަންސް ލީގުގުގެ އެންމެ ފަހު ޗެމްޕިއަނަށް، އެ މުބާރާތުގައި ރެކޯޑްތައް ރަނގަޅެވެ. އެ މުބާރާތުގައި އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވި އެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި އެޓަލާންޓާ ބަލިކުރި އިރު، ދެވަނަ މެޗު ރަށުން ބޭރުގައި ކާމިޔާބު ކުރީ ބާސެލޯނާއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގައި ލެވަކޫސަން މިހާތަނަށް ކުޅުނު ދެ މެޗުގައި ޑެންމާކްގެ ކޯޕަންހޭގަން އާއި ނެދަލެންޑްސްގެ ޕީއެސްވީއާ ވާދަކޮށް ވެސް ނިމުނީ އެއްވަރުވެގެންނެވެ.