ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް
ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް

އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ދައްކަންޖެހި ނުދައްކާ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ދައްކައި ނިންމާނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް
ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް

ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި، އެ ރަށުގައި ފަށާ މަޝްރޫއުތަކާ ބެހޭ ގޮތުން ތަފްސީލްތައް ދެއްވުމަށް ފަހު ރައީސް ވިދާޅުވީ ފައިސާ ދައްކަންޖެހޭ ކަމަށް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަނޑައެޅިފައި ހުރި ހުރިހާ ބިލްތަކަކަށް ފަސް ހަފްތާ ތެރޭ ފައިސާ ދައްކާނެ ކަމަށް މި މަހު ކުރީކޮޅު އިއުލާނުކުރެއްވި ގޮތަށް އެކަން ހަމަޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި ދެން ހުރި ހުރިހާ ބިލެއްގެ ފައިސާ ފަސް ހަފްތާ ތެރޭ ދައްކާ ނިންމާނެ ކަމަށެވެ.

ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް
ހުރިހާ ބިލްތަކަށް ފައިސާ ދައްކާނަން، އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް: ރައީސް

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލްތައް، އަމިއްލަ މީސްމީހުންގެ ކުންފުނިތަކަށް އަދާކުރަންޖެހިފައި ހުރި ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބިލްތައް ހުރީ "ފުނިޖެހިފަ" އެވެ.

"އަޅުގަނޑުމެން މިހާރު ބަލައިލާއިރު ވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި. ދެ ހާސް މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް އައި އިރު ވެސް އެތައް ބިލެއް ދައްކާފައިވާ ކަމަށާއި މިހާރުވެސް އަންނަނީ ދައްކަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބިލްތައް އަދާކޮށް ނިންމަވާނެ ކަމަށް ވިދާޅުވި މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މުއްދަތުގައި އެކަން ވާނެ ކަމަށެވެ

"... މި ދެންނެވި ފައިސާ ކުރިއަށް އޮތް ހަފްތާއެއް، ދެ ހަފްތާއެއް ތެރޭ އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަން. އެ ޔަގީންކަން އަޅުގަނޑު އަނެއްކާވެސް ހުރިހާ ފަރާތްތަކަށް ދެން،" ވީ އެއްވެސް ވައުދެއް ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ. "މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ."

ރައީސް ވަނީ އިގްތިސާދީ ހާލަތު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

"އިގްތިސާދު އިންތިހާއަށް ގޯސް ދަރަޖައެއްގައި އަޅުގަނޑުމެންނާ ހަވާލުވި އިރު އޮތް އޮތުން ބަދަލުކުރެވި، ރަނގަޅުވަމުން ރަނގަޅުވަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ އެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި އެކި ސިނާއަތްތައް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ލިބެން ފަށާނެތީ އެވެ.

"އެހެންވެ، ރައްޔިތުންނަށް، ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.