ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް

ރާއްޖޭގައި ބާއްވާ ފުޑް އެންޑް ބެވަރޭޖްގެ އެންމެ ބޮޑު އެއް އެގްޒިބިޝަން ކަމަށްވާ ހޮޓެލް އޭޝިޔާ އެގްޒިބިޝަންގެ މި އަހަރުގެ އެޑިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބައިވެރިވެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަ ގެންދެ އެވެ.

ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް
ހޮޓެލް އޭޝިއާގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލްގައި، އާއްމުންގެ މެދުގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑެވޮންޑޭލް، ރެމިންގްޓަން، ފްރަގާޓާ އަދި ޗޮއިސް ބްރޭންޑުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް، ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އެ ތަކެތީގެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.

އެ އެގްޒިބިޝަނުގައި، އެސްޓިއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފް ކުރާ ހަތަރު ބްރޭންޑެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އެ ޕްރޮޑަކްޓްތަކަކީ ކެމްޕާ ބްރޭންޑުގެ ޖޫސް، މެކް ކޮއިޓީގެ ސައިފަތް، އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓާއި ޗީޒް އަދި ޗިއޯސް ބްރޭންޑުގެ ޖޫހެވެ.

އެ އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލުން މާލޭގެ މަޝްހޫރު އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު އެއް ކެފޭ ކަމަށްވާ 'ކޮފީ ސްޓޭޓް' އިން ހިލޭ ސާމްޕަލްތައް ވެސް ދަނީ ދެމުންނެވެ. މި ސާމްޕަލްތަކަކީ އެސްޓީއޯއިން ތައާރަފްކުރި ޗިއޯސް ގާޑަން ބްރޭންޑުގެ ޖޫސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރަހަ މީރު ބުއިންތަކެކެވެ.

މި އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން ސްޓޯލަށް ޒިޔާރަތްކުރުމުން، ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10 އިން ރޭގަނޑު 7 އާ ހަމައަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ.