އެމެޒޯން ވެބް ސާވިސްގެ މައްސަލައަކާ ހެދި ގިނަ އަދަދެއްގެ އެޕްތައް ޑައުންވެއްޖެ
އެމެޒޯން ވެބް ސާވިސްގެ މައްސަލައަކާ ހެދި ގިނަ އަދަދެއްގެ އެޕްތައް ޑައުންވެއްޖެ

އެމެޒޯން ވެބް ސާވިސް (އޭޑަބްލިޔުއެސް) ދިމާވި މައްސަލައަކާ ހެދި ގިނަ އަދަދެއްގެ އެޕްތައް ޑައުންވެއްޖެ އެވެ.

އޭޑަބްލިޔުއެސް އަކީ ވަރަށް ގިނަ ވެބްސައިޓްތައް މައި އިންފްރާސްޓްރަކްޗާ އެވެ. އެހެންވެ އެއަށް ދިމާވާ މައްސަލައެއްގެ އަސަރު ވަރަށް ގިނަ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ކުރާނެ އެވެ. ސްމާޓްފޯނުގައި ހުންނަ ގިނަ އެޕްތައް އޮޕަރޭޓް ކުރަނީ ވެސް އޭޑަބްލިއުއެސް ޑޭޓާ ސެންޓަރުތަކުގަ އެވެ.

އޭޑަބްލިޔުއެސް އިން ބުނީ ޔޫއެސް-އީސްޓް-1 ރީޖަންގައި އެރާތައް ވަރަށް ބޮޑަށް އިތުރުވެ ހިދުމަތަށް ބުރޫއަރަމުންދާ ކަމަށެވެ.

އޭޑަބްލިޔުއެސް އިން ބުނީ އިންޖިނިއަރުން ގެންދަނީ އެ މައްސަލަ ފާހަގަވުމާ އެކު، މައްސަލަ ހައްލުކުރުމަށާއި ވެގެން އުޅޭ ގޮތުގެ އަސްލު ދެނެގަތުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ޑައުންޑިޓެކްޓާ އިން ބުނި ގޮތުގައި ހެލިފެކްސް، ލޮއިޑްސް އަދި ބޭންކް އޮފް ސްކޮޓްލެންޑް ފަދަ ބޭންކުތަކަށް ވެސް މިކަމާ ހެދި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.

ދިމާވެގެން އުޅޭ މައްސަލައިގެ ސަބަބުން އެކި ގޮތްގޮތުން ހިދުމަތަށް ބުރޫ އަރާފައިވާ މަޝްހޫރު އެޕްތަކާއި ސައިޓްތަކުގެ ތެރޭގައި ސްނެޕްޗެޓް، ޒޫމް، ރޯބްލޮކްސް، ކްލޭޝް ރޮޔާލް، މައި ފިޓްނެސް ޕާލް، ލައިފް360، ކްލޭޝް އޮފް ކްލޭންސް، ފޯޓްނައިޓް، ކެންވާ، ވޯޑްލް، ސިގްނަލް، ކޮއިންބޭސް، ޑުއޮލިންގޯ، ސްލެކް، ސްމާޓްޝީޓް، ޕޮކެމަންގޯ، އެޕިކް ގޭމްސް، ޕްލޭޝްޓޭޝަން ނެޓްވޯކް، ރޮކެޓްލީގް އަދި މި ނޫނަސް އެތައް އެޕަކާއި ސައިޓްތައް ހިމެނެ އެވެ.