20 އޮކްޓޯބަރ 2025 - 12:42

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20ރ. އިން މަތިން ރީލޯޑް ކޮށްގެން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިރާގު އެޕް، ދިރާގު ޕޭ، މައިއެކައުންޓް އަދި ދިރާގު ޕާޓްނަ ޝޮޕްތައް މެދުވެރިކޮށް، 20ރ. އިން މަތިން ރީލޯޑުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 100ޖީބީ ޑޭޓާ، އައިފޯން 17 ޕްރޯ، ރާބަން މެޓަ ސްމާޓް ގްލާސަސް، ޕީއެސް 5 ޕްރޯ ސީޑީ ވާޝަން އަދި ނިންޓެންޑޯ ސްވިޗް ހިމެނެ އެވެ.
ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ އެކި ޕްލޭންތައް ލިބެންހުރެ އެވެ. ދިރާގުން އަންނަނީ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.