ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި
ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި

ހދ. ކުމުންދޫގެ ދަނޑުތަކަށް ރޭގެ ވަގުތެއްގައި ގެއްލުންދީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފި އެވެ.

ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި
ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި

ކުމުންދޫ ކައުންސިލުގެ ނައިބް ރައީސް އަލީ އަންވަރު، "މިހާރު" އަށް ވިދާޅުވީ ރަށުގެ ތިން ދަނޑަކަށް ގެއްލުންދީފައިވާ ކަން އެނގުނީ ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދަނޑަށް ދިއުމުން ކަމަށެވެ.

ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި
ކުމުންދޫގެ ދަނޑުތަކަށް ބަޔަކު ގެއްލުން ދީފި

"އާންމުކޮށް އަބަދުވެސް ފަތިސް ނަމާދަށް ފަހު ދަނޑުވެރިން ދާނެ އެ މީހުން ދަނޑަށް. އެގަޑީ މި އެނގުނީ މިހާ ބޮޑަށް ގެއްލުންދީފައި ހުރިކަން،" އޭނާ ވިދާޅުވި އެވެ.

އެ ތިން ދަނޑަކީ ވެސް ކަރަ އާއި ބައްޓާއި ކިއުކަމްބާ އާއި މެލަން އަދި ލެޓިއުސް ކަހަލަ އެކި ބާވަތްތައް ހައްދާ ދަނޑުތަކެކެވެ. އެ ތިން ދަނޑުން ވެސް އެންމެ ބޮޑަށް ގެއްލުން ދިނީ ކަރާ ދަނޑުތަކަށެވެ. ކަރާތައް ފަޅާ ޗިސްކޮށް މުޅި ދަނޑަށް އުކާފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

"ބައެއް ދަނޑުތަކުން ދެ ބަރޯގެ ކަރާ އުކާލަން ޖެހުނު. އެވަރަށް ގެއްލުން ދީފައި ވަނީ،" ތިން މީހެއްގެ ދަނޑަށް ގެއްލުން ދިން މައްސަލާގައި އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ދަނޑަށް ފެންދޭން ބަހައްޓާފައި ހުރި އެއްޗެއްސާއި ބޭސްތަކަށް ވެސް ވަނީ ގެއްލުންދީފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.

އެކަމަކު އެކަން ކުރީ ކޮން ބައެއްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ދަނޑުތަކަށް ވަރަށް މަދު ފަހަރަކު ގެއްލުން ދީފައިވާ ކަމަށެވެ. އެކަމަކު މިހާ ބޮޑު ގެއްލުމެއް ނުދޭ ކަމަށް އޭނާ ވިދާޅުވެ އެވެ.