ރިލޭއަށް ރަތެއް، އެކަކު މަދުކޮށް ކުޅުނު ގްރީން ކައިރިން ބުރަށް ހަނި މޮޅެއް!
ރިލޭއަށް ރަތެއް، އެކަކު މަދުކޮށް ކުޅުނު ގްރީން ކައިރިން ބުރަށް ހަނި މޮޅެއް!

އެކަކު މަދުކޮށް ކުޅުނު ގްރީން ސްޓްރީޓްސް އަތުން 2-1 ން ބުރު ސްޕޯޓްސް ހަނި މޮޅެއް ހޯދައިފި އެވެ.

މެޗުގެ 18 ވަނަ މިނެޓްގައި ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދެއްކީ ރެފްރީގެ ނިންމުމަކާ މެދު އޭނާ ހިތްހަމަނުޖެހުން ފާޅު ކުރުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކުމުން ގްރީންގެ ބެންޗުން ހިތްހަމަނުޖެހުން ފާޅުވެސް ކުރި އެވެ.

ގްރީންއިން އެކަކު މަދުކޮށް ކުޅުނު ނަމަވެސް، އެ ޓީމުގެ ގޯލް ހުޅުވަން ބުރަށް ވީ އުނދަގޫ ކަކަމަށެވެ. ބުރުން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ބުރުގެ ގާސިމް ތޯއިފް ދިން ބޯޅައިން ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. އެ ބޯޅަ އަށް ގްރީންގެ ކީޕަރު އަހްމަދު ރަމީޒު ކުރިއަށް ނުކުތެވެ. އެކަމަކު އޭނާ އަށް ފުރުސަތު ނުދީ ނާއިމް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

ބުރުގެ ދެވަނަ ލަނޑު ޖަހަން އަބްދުﷲ ޖުނައިދު (ޖޭންނޭ) އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނާއިމް އެވެ.

މެޗުގެ 72 ވަނަ މިނެޓްގައި ގްރީންގެ ހާފުގެ މެދުން ނާއިފް ދިން ބޯޅަ ލިބިގަނެ އޭރިއާ ތެރެއަށް ވެދ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.

ގްރީންގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖެހީ އުބައިދާ ހާދިމް އަހްމަދެވެ. ގްރީންގެ ކުޅުންތެރިޔަކު އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ގޯލްގެ ކުރިމަތީގައި ހުރެފައި އިރާގްގެ ފޯވާޑް އުބައިދާ ބޮލުން ފޮނާވާލި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.