ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި
ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި
ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި

ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް މިއަދު ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި އެ ތަކެތި ނައްތާލީ ދޫނިދޫގަ އެވެ.

ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި
ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަން ސިނގިރެޓް ނައްތާލައިފި

ގިނަ އަދަދެއްގެ ސިނގިރޭޓު ނައްތާލިއިރު، ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.

އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެ ތަކެތި އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރީ އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އެވެ. އަދި އެ ތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ ކުރީކޮޅު އެވެ.

އެ މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް، އަދި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ. އަދި ކަސްޓަަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް އެ މައްސަލާގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.