ސިމްޑީ ރެސޫއިން އިލެކްޓްރޮލަކްސް ރެފްރިޖަރޭޓަރުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް
ސިމްޑީ ރެސޫއިން އިލެކްޓްރޮލަކްސް ރެފްރިޖަރޭޓަރުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

ސިމްޑީގައި އިލެކްޓްރޮލަކްސް ރެފްރިޖަރޭޓަރުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ އާއި މާލޭގައި ހުންނަ ސިމްޑީ ރެސޫ ފިހާރައިން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ސިމްޑީ ރެސޫގައި އިލެކްޓްރޮލަކްސްގެ އެކި ރޭންޖުތަކުގެ ފްރިޖްތައް ހުރެ އެވެ. އެ ބްރޭންޑުގެ ކޮންމެ މޮޑެލަކީ ވެސް ތަފާތު ފީޗާތަކެއް ހިމެނޭ ފްރިޖްތަކެކެވެ.

- އަލްޓިމެޓް ޓޭސްޓް 300 (335 ލީޓަރު) : އެ މޮޑެލްއަކީ ފަސޭހައިން އޮގަނައިޒް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ފުރިހަމައަށް ކޫލިން ފީޗާ ހިމެނޭ ފްރިޖެކެވެ.

- އަލްޓިމޭޓް ޓޭސްޓް 500 (425 ލީޓަރު): އެ މޮޑެލްއަކީ ކާބޯތަކެތީގެ ރަހަ އާއި ޓެކްސްޗާ ރައްކާތެރި ކޮށްދިނުމުގެ ގޮތުން އެއް މިންވަރަކަށް ޓެމްޕަރޭޗާ ހިފަހައްޓައިދޭ ޓެކްނޮލަޖީ ހިމެނޭ ފްރިޖެކެވެ.

- އަލްޓިމޭޓް ޓޭސްޓް 700 (600 ލީޓަރު): އެއީ ޒަމާނީ އެލެގަންޓް ފްރެންޗް ދޮރުފަތާއެކު ޑިޒައިންކޮށްފައިވާ ފްލެކްސިބަލް ސްޓޯރޭޖެއް ހިމެނޭ މޮޑެލް އެކެވެ.

- އަލްޓިމޭޓް ޓޭސްޓް 900 (609 ލީޓަރު އަދި 617 ލީޓަރު): އެ ފްރިޖުގައި ހިމެނޭ "ޓޭސްޓް ލޮކް އޮޓޯ" ފީޗާއިން ފްރިޖުގައި ހަފްތާއެއް ވަންދެން ތަރުކާރީ ތާޒާކަންމަތީ ބަހައްޓައިދެ އެވެ.

ސިމްޑީގައި ވިއްކާ އިލެކްޓްރޮލަކްސް ފްރިޖުތަކާ ގުޅޭ އިތުރު މައުލޫމާތާއި ފްރިޖުތައް ބަލާލުމުގެ ފުރުސަތު ހުޅުމާލެ އާއި މާލޭގައި ހުންނަ ސިމްޑީ ރެސޫގެ ފިހާރަތަކުން ލިބޭނެ އެވެ. އެ ފިހާރަތަކުގައި އިލެކްޓްރޮލަކްސްގެ ފްރިޖުތަކުގެ އިތުރުން ތަފާތު އެކި ބާވަތުގެ ކިޗަން އެޕްލަޔަންސްތައް ހުރެ އެވެ.

އިލެކްޓްރޮލަކްސްއަކީ ގިނަ ފަންކްޝަންތަކެއް ހިމެނޭ އަދި ތަނުގެ ޒީނަތްތެރިކަމާ ގުޅޭ ފަދަ އެސްތެޓިކް ޑިޒައިންތަކުގެ އެކި އެޕްލަޔަންސްތައް ވިއްކާ ޕްރިމިއަމް ބްރޭންޑެކެވެ، އެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ސިމްޑީ ރެސޫ އެވެ.