ޔުނައިޓެޑްގައި ފްލޮޕްވި ގްރީންވުޑް މާސޭގައި ރެކޯޑް ހަދަނީ
ޔުނައިޓެޑްގައި ފްލޮޕްވި ގްރީންވުޑް މާސޭގައި ރެކޯޑް ހަދަނީ

މޭސަން ގްރީންވުޑްގެ ހަތަރު ގޯލާ އެކު 6-2 އިން ލެ ހާވް ބަލިކޮށް އޮލިމްޕިކް މާސޭ ފްރެންޗް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އެކު މާސޭ ވަނީ އަށް މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އަދި ތިންވަނައިގައި އޮތީ 16 ޕޮއިންޓް ލިބިފައިވާ ސްޓްރާސްބޯގް އެވެ. ހަތަރުވަނައިގައި އޮތް ލިޔޯނަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ގްރީންވުޑް ދާއިމީ ކޮންތްރެކްޓެއްގައި މާސޭއާ ގުޅުނީ 2024 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންވެ. ރޭގެ މެޗުގައި ހަތަރު ލަނޑުޖަހައި އޭނާ ވަނީ ކްލަބްގެ ރެކޯޑެއް ހަދައިފަ އެވެ.

އޭނާ އަކީ 34 ހަތަރު އަހަރަށް ފަހު ލީގުގެ މެޗެއްގައި މާސާ އަށް ހަތަރު ލަނޑު ޖަހައި ދިން ފުރތަމަ ކުޅުންތެރިޔާ އަށެވެ. ކުރިން މި ރެކޯޑް އޮންނަނީ 1991 ގައި ލީގުގެ މެޗެއްގައި ހަތަރު ލަނޑު ޖެހި ޖިއާން ޕިއެރޭ އަތުގަ އެވެ. އެނާ އަށް ފަހު ލީގުގެ މެޗެއްގައި މާސޭ އަށް ހަތަރު ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔަކީ ގްރީންވްޑެވެ.

މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން ގްރީންވުޑް ވަނީ ހަ ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްފަ އެވެ. މާސޭއަށް ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް ކުޅެދިން 46 މެޗުން 29 ގޯލލު ޖަހައިދީ 10 ގޯލު އެސިސްޓް ކޮށްފަ އެވެ.

ބްރައިޓަންގެ ކުރީގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން މާސޭ ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ވަނީ ޖުމްލަ 21 ގޯލު ޖަހައިފަ އެވެ.