18 އޮކްޓޯބަރ 2025 - 14:57

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ހުޅުމާލޭ ފޭސް 1ގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ހެނދުނު 08:49 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިންވާލައިފަ އެވެ. އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ސާފެއް ނުވެ އެވެ.