18 އޮކްޓޯބަރ 2025 - 11:13

ލިވަޕޫލުން މި ސީޒަންގައި 166.7 މިލިއަން ޑޮލަރަށް ނިއުކާސަލް އިން ގަތް އެލެކްޒެންޑާ އިސާކް މިހާރު ހުރީ ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންނާ ބައްދަލުކުރުމުގައި ސްލޮޓް ބުނީ އީސާކަށް މިހާރު ހުރީ އޭނާއަށް ބޭނުންވާ ޕްރީސީޒަން ފުރިހަމަ ކުރެވިފައި ކަމަށާއި އަދި އޭނާގެ ކުޅުމަށް ފާޑުކިޔާ ބަޔަކު އެކަން ކުރަންވީ މިވަގުތުން ފެށިގެން ކަމަށް ވެސް އޭނާ ބުންްޏެވެ.
"ފިޓްނަސްެ ގޮތުން ވެސް އޭނާ އެހުރީ ފާޑުކިޔުންތައް އަމާޒު ކުރެވޭ ވަރަށް ފުރިހަމަވެފަ. މިކަން ހިނގާ ގޮތް އަހަރެމެންނަށް އެބަ އެނގޭ، އޭނާ ސްވިޑެން އަށް ދެ މެޗު ކުޅުނަސް ގޯލެއް ނުޖެހެންޏާ އެއީ އެންމެ ބޭނުންވާނެ ގޮތެއް ނޫން ކަންނޭނގޭ،" ސްލޮޓް ބުންޏެވެ.
"އަހަރެމެން ތިބެނީ ކުޅުންތެރިން ގައުމީ ޓީމަށް ދިޔައީމަ ވަރަށް ބޮޑު އުންމީދެއްގަ ގޯލުތަކެއް ޖަހާނެކަމަށް. ކޯޑީ ގަކްޕޯ، ޑޮމިނިކް ސޮބޮޒްލައި، ވާޖިލް ވެން ޑައިކް، އެލެކްސިސް މެކްއަލިސްޓާ ގޯލު ޖެހި އެކަމު އޭނާ ނުޖަހާ. އޭނާގެ ޕްރީ ސީޒަން ނިމިއްޖެ މިހާރު، އޭނާ ވަނީ ކޮންމެވެސް ވަރަކަށް މެޗުތަކުގައި ވެސް ކުޅެފަ."
އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅޭ މި ނެޗުގެ ކުރިން، މެންޗެސްޓާ ޔުނައިތެޑްގެ ކެޕްޓަން ބްރުނޯ ފެނާންޑޭޒެ ވަނީ ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުތަކާއެކު ކުރިޔަށް ދާން ކަމަށެވެ.
ޔުނައިޓެޑްގެ ކޯއޯނަރު ޖިމް ރަޓްކްލިފް، އަމޮރިމަށް ކޮންޓްރެކްޓް ފުރިހަމަ ކުރަން ފުރުސަތު ލިބެން ޖެހޭކަމަށް ވިދާޅުވުމުން އެއީ އޭނާއަށް އޮތް އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް ބުނެ އެކަމަށް ޝުކުރުވެރިވާކަން ވަނީ ހާމަކޮށްފަ އެވެ.