ކޯލް ޕާމާ އަށް އިތުރު ހަ ހަފްތާ، ރޮޑްރީ އަންނާނެ ދުވަހެއް ނޭނގެ
ކޯލް ޕާމާ އަށް އިތުރު ހަ ހަފްތާ، ރޮޑްރީ އަންނާނެ ދުވަހެއް ނޭނގެ

ޗެލްސީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކޯލް ޕާމާ އަލުން ކުޅެން ނުކުންނަށް ހަ ހަފްތާ ބޭނުންވާ ކަމަށާއި ނަމަވެސް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ކުޅެން އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ކޯޗުން ބުނެފި އެވެ.

"އަހަރެންނަށް ހީކުރެވުނީ ގޯސްކޮށް. ކަން ދިމާކުރާގޮތުން އޭނާ ކުޅުމާ ދުރުގައި ހުންނާނެ އަދި ހަ ހަފްތާ. މިއީ އަޕްޑޭޓަކީ،" ޕާމާގެ އަނިޔާގެ ތަފްސީލް ހާމަކުރަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ބުނީ ޕާމާ ސާޖަރީ އެއް ހަދަން ނުޖެހޭނެ ކަމާއި ނަމަވެސް އޭނާގެ ރައްކާތެރިކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. ހަމަ އެއާއެކު އޭނާ އަކީ ޓީމުގައި ދެވަނައެއް ނެތް ކުޅުންތެރިއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއާއެކު ލީގާއި ޗެމްޕިއަސް ލީގުގެ ގިނަ މެޗުތަކެއް އޭނާއަށް ގެެއްލުމުގެ އިތުރުން، ނޮވެމްބަރު މަހު އޮންނަ އިންޓަނޭޝަނަލް ބްރޭކުގައި ވެސް އޭނާގެ ރިހެބިލިޓޭޝަން ކުރިއަށް ދާނެ އެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ސިޓީ އެންމެ ފަހުން ކުޅުނު މެޗުގެ 22 ވަނަ މިނިޓުގައި ރޮޑްރީއަށް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ.

ސީޒަން ފެށި އިރު ވެސް އަނިޔާގައި ހުރި ރޮޑްރީ އަލުން ކުޅެން ފަށައި މިހާތަނަށް 90 މިނިޓު ހަމަކޮށްފައި ވަނީ ތިން މެޗުގަ އެވެ.

ސިޓީގައި އެ މަގާމަށް ކުޅެން ދެން ހުރީ މަޓެއޯ ކޮވަސިޗެވެ. އުމަރު މަރުމޫޝް އާއި ރަޔާން އައިޓް ނޫރީ ވެސް ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.