މަގުބޫލު ސެންޓު "ހަވާސް ޕިންކް" ޕްލާޒާ އަށް
މަގުބޫލު ސެންޓު "ހަވާސް ޕިންކް" ޕްލާޒާ އަށް

ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް އާއި ސެންޓު ވިއްކާ ޕްލާޒާ އެންޓަޕްރައިޒަސް އިން ރާއްޖޭގެ މާކެޓަށް ރަސާސީގެ އެންމެ ފަހުގެ ސެންޓު "ހަވާސް ޕިންކު" ތައާރަފްކޮށްފި އެވެ.

ވޯމް ފްލޯރަލް އަދި ސޮފްޓް ސަޕައިސްގެ ނޯޓުތަކާ އެކު، ތައްޔާރު ކޮށްފައިވާ މި ސެންޓަކީ އަންހެނުންނަށް ހާއްސަކޮށް ނެރުނު ސެންޓެކެވެ. މި ސެންޓުގެ ބޭސް ނޯޓުގައި "ކޮޓްން ކޭންޑީ" އަދި "ވެނީލާ" ހިމެނޭ އިރު ޓޮޕް ނޯޓުތަކުގެ ތެރޭގައި "ސިނަމަން" އާއި "ނަޓްމެގް" ހިމެނެ އެވެ. ހަވާސް ޕިންކަކީ ވަސް ގަދަ އަދި ގިނަ ވަގުތު ވަންދެން ވަސް ހުންނާނެ ސެންޓެކެވެ.

ހަވާސް އަކީ މަޝްހޫރު ރަސާސީ ސެންޓު ބްރޭންޑުން ތައާރަފްކުރި ލައިންއެކެވެ. މި ލައިނުގެ ސެންޓުތަކަކީ ދުނިޔޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސެންޓުތަކެކެވެ. ހަވާސްގެ ގިނަ ސެންޓުތައް ޕްލާޒާއިން ލިބޭނެ އެވެ.

"ހަވާސް ޕިންކު" ޕްލާޒާ އިން ދިވެހި މާކެޓަށް ތައާރަފް ކޮށްފައިވާއިރު، އެ ކުންފުނިން އަހުމަދު އަލް މަގްރަބީގެ އާޒޫރު ރޮޔާލް، ބްލޫ އޫދް އަދި ލަ ރޯސީ ވެސް ވަނީ ނެރެފަ އެވެ. އަޒޫރު ރޮޔާލް އަކީ ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭނެ، ސުވީޓް، ފްރުޓީ، މަސްކީ އަދި ފްލޯރަލް ނޯޓުތަކެއް ހިމެނޭ ސެންޓެކެވެ.

ބްލޫ އޫދްއަކީ އަކީ ވެސް ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭނެ ސެންޓެކެވެ. މި ސެންޓުގައި ވުޑީ، ފްރެޝް ސްޕައިސީ، ސްމޯކީ އަދި އޫދްގެ ނޯޓުތައް ހިމެނެ އެވެ. ލަ ރޯސީ އަކީ ސެންޝުއަލް ގިނަ ނޯޓްތަކެއް ހިމެނޭ ސެންޓެކެވެ.

ހަވާސް އާއި އަހުމަދު އަލް މަގުރިބީގެ ސެންޓުތަކުގެ އިތުރުން ޕްލާޒާގައި ނަސީމް ބްރޭންޑުގެ ސެންޓާއި ދުބާއީގެ މަޝްހޫރު "ފްރެގްރެންސް ވޯލްޑް"ގެ ސެންޓުގެ އިތުރުން އަތަރު ވެސް ލިބޭނެ އެވެ. ދެން އުޅެނީ މަޝްހޫރު ޑިޒައިނާ ބްރޭންޑުތައް ކަމަށްވާ ވައިއެސްއެލް, ޝަނެލް, ޑިއޯ, އަރްމާނީ ފަދަ މަގުބޫލު ގިނަ ބްރޭންޑުތަކުގެ ސެންޓުތަކެވެ. އެ ތަނުގައި ކޮރެއަން ސްކިންކެއާ އާއި އޯލަ ޕްލެކްސް އަދި ޝިއާ މޮއިސްޗާ ފަދަ މަގުބޫލު ބްރޭންޑުތަކުގެ ހެއާ ކެއާ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ. ޕްލާޒާއިން ވިއްކާ އުފެއްދުންތަކަކީ 100 ޕަސެންޓު އޮތެންޓިކް ޕްރޮޑަކްޓުތަކެއް ކަމުގެ ގެރެންޓީ އެފިހާރައިން ދެ އެވެ.

ޕްލާޒާގެ ފިހާރަ މާލޭގެ ރަށްދެބައި މަގުގައި އަދި މަޖީދީ މަގުގައި ހުރެ އެވެ. މާލޭގެ އިތުރުން އައްޑޫގައި ވެސް ޕްލާޒާގެ ފިހާރައެއް ހުރެ އެވެ. އަދި ޕްލާޒާ އޮންލައިން މޮބައިލް އެޕް މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ.