ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!
ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!

ވޮލީބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުކަމާއި، ގައުމީ އަންހެން ޓީމުގެ ކޯޗުކަމުގައި ވެސް ސޮފްވާން އަހްމަދު ހުރީ ބާރުގަދަ މީހެއްގެ ގޮތުގަ އެވެ.

ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!
ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!

އޭނާގެ އަތުގައި ވީއޭއެމްގެ ކޮންގްރެސްގައި ވޯޓް ދެވޭ ތިން ކްލަބް އެބައޮތެވެ. އެކެއްގެ ނަމުގައި އޮންނަ ގިނަ ކްލަބްތަކަކަށް ވޯޓް ދެވޭ ގޮތަށް ވީއޭއެމްގެ ގަވާއިދުން އޮތީ ޖާގަ ދީފަ އެވެ. ގިނައީ ކަރުދާސް ކްލަބްތަކެވެ. ކަރުދާސް ކްލަބްތައް ހަދައިގެން ކޮންގްރެސްގެ ބާރާއީ ނުފޫޒު ހޯދާ ގޮތާއި އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ވާހަކަ "މިހާރު" ގެ ކިޔުންތެރިންނާ ހަމައަށް ވާނީ، ކުރިން ގެނެސްދީފަ އެވެ.

ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!
ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!

ވީއޭއެމްގެ ހިންގާ ބޯޑުގެ މެންބަރުކަމުގެ އިތުރަށް ގައުމީ ޓީމުގައި އަދި ކްލަބްތަކުގައި ވެސް ކޯޗުކަން ކުރަމުން އޭނާ ދިޔައީ، ހަމަ ވަރަށް ބާރުގައި ހުރެގެންނެވެ. ޖިންސީ ނާޖާއިޒުގެ ގުޅުން ހިންގިކަމުގެ ތުހުމަތުގައި އޭނާ ބެދިއްޖެ އެވެ. އެކަމަކު އެ ތުހުމަތުތައް ވީއޭއެމުން އެހާ ސާފުކޮށް ތިލަކޮށްދީފައެއް ނުވެ އެވެ. ފިޔަވަޅު އެޅިކަން ހާމަކުރަން، ނެރުނު ބަޔާނުގައި ވެސް، ފިޔަވަޅު އެޅީ ކާކަށްކަން ބުނެފައެއް ނެތެވެ. އޭނާ އަށް ނިސްބަތްކޮށްފައި ވަނީ "ތުހުމަތު ކުރެވޭ ފަރާތް" މިހެންނެނެވެ.

ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!
ކުޅިވަރުގައި އިތުރު މީހަކު ޖިންސީ ޝިކާރައަކަށްވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭ!

ސޮފްވާނަށް ކުރެވޭ ތުހުމަތުތައް ސާފުކޮށް ތިލަކޮށްދިނުމުގައި ވީއޭއެމްގެ އިސްވެރިން ފަހަތުފަޔަށް ބުރަވި މަންޒަރު ފެނުނެވެ. އޭނާ އަށް ކުރެވުނީ އާދައިގެ ތުހުމަތެއް ވެސް ނޫނެވެ.

ތުހުމަތުކުރެވިފައިވާ ކުށުގެ ނިސްބަތުން އޭނާއަކީ ނުރައްކާތެރި މީހެކެވެ. އެކަމަކު އޭނާގެ ކުށުގެ ބޮޑުމިން މީޑިއާ އަށް ހާމަކުރާކަށް ވީއޭއެމްގެ ވެރިންނަކަށް ނުކެރުނެވެ. އޭނާގެ މައްސަލައިގައި ވީއޭއެމުން ނެރުނު ބަޔާނުގައި ތުހުމަތުކުރެވޭ ކުށުގެ މިންވަރު ސިފަކޮށްފައި އޮތީ ވެސް މާބޮޑަށް ލޮނު މަޑުކޮށެވެ.

"އެ ވެދާނެ ތިބުނިހެން ތިން ކަލްބްގެ ވޯޓް ކޮންޓްރޯލް ކުރާ މީހަކަށް ވީމަކަމަށް ވެސް. ދެން އަންނަ އިންތިހާބެއްގައި ވެސް އެ ކްލަބްތަކުގެ ވޯޓު ވެސް މި މީހުންނަށް [ވީއޭއެމްގެ މިހާރުގެ ލީޑާޝިޕް] މުހިންމު ވާނެތާ. އެ ބޭނުމުގައި ކަމަށް ވެސް ވެދާނެ އެހާ ބޮޑަށް (ތުހުމަތު) މައިލްޑް ކޮށްފަ އެ އޮތީ،" ސޮފްވާން އަށް ފިޔަވަޅުއެޅިކަން ހާމަކޮށް ވީއޭއެމުން ނެރުނު ބަޔާނާ ބެހޭގޮތުން ވޮލީގެ ހަރަކާތްތެރިޔަކު ބުންޏެވެ.

"މިހާރު" އަށް މައުލޫމާތު ހިއްސާކުރި ވީއޭއެމްގެ އޮފިޝަލަކު ބުނި ގޮތުގައި ސޮފޮވާނަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް އިސްވެ ނުކުތީ އެކްސްކޯގެ ފަސް މެންބަރެކެވެ. މައްސަލަ އޮއްބާލަން އެކްސްކޯގައި ތިބި ނުފޫޒުގަދަ މަދު ބަޔަކު މަސައްކަތް ކޮށްފާނެކަމުގެ ހީތައް ކުރެވުނު ކަމަށް އޮފިޝަލު ބުންޏެވެ. އެ ކަންބޮޑުވުންތައް ވެސް އިސްވެ ނުކުތް ފަސް މެންބަރުންގެ މެދުގައި ހުއްޓެވެ.

"އެއީ އެހެން ކުޅިވަރުތަކުގައި ވެސް ދޭތެރެދޭތެރެއިން ފެންމަތިވާ މައްސަލައެއް [ޖިންސީ މައްސަލަތައް]. އެކަމަކު ދުވަހަކު ވެސް އަޑުއެހިންތޯ އެއިން އެއްވެސް މައްސަލައަކަށް ފިޔަވަޅު އެޅި ވާހަކަ؟ މައްސަލަ އޮއްބާލައި، ނުވާ ކަމަކަށް ހަދައިގެން ތިބޭނީ. މިއީ ކުޅިވަރުތެރޭގައި ހިނގާފަ ހުރި ކަންކަން،" ވީއޭއެމްގެ އޮފިޝަލް ބުންޏެވެ.

"މިތަނުގައި އެކްސްކޯއިން އިސްވެ ނުކުތް ފަސް މީހުން ބޭނުން ނުވީ އެންމެ ތަންކޮޅެއް ވެސް ދޫދޭން. މިއީ ކުޅިވަރު ތެރޭގައި މި ފަދަ މައްސަލައަކާ ދެކޮޅަށް މިހާ ހާމަކަން ބޮޑުކޮށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރު."

ސޮފްވާނާ ދެކޮޅަށް ފިޔަވަޅު އަޅަން އެކްސްކޯގެ ދެ މެންބަރަކު ދެކޮޅު ހެދިކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް، އެކްސްކޯގައި މަޝްވަރާކޮށް ވޯޓަށް އެހުމުން ވެސް އެކްސްކޯ ބައްދަލުވުމުގައި އެ ދެ މެންބަރުން ވޯޓް ނުދޭކަން ވެސް އެނގިފައި ވެއެވެ.

ޖިންސީ ތަފާތު އެކި މައްސަލަތައް ކުޅިވަރު ތެރޭގައި މީގެ ކުރިން ފެންމަތިވެފައިވެ އެވެ. ބައެއް މައްސަލަތައް އޮއްބާލައި ނުހިނގާ ކަމަކަށް ހަދާފައިވެސް ވެއެވެ. މީޑިއާގައި އެންމެ ބޮޑަށް ތިލަވީ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް ހާންގެ ވާހަކަ އެވެ. އެއީ ވެސް އޭނާ ފުރަން ގޮސް ހުއްޓައި ފުލުހުން ހައްޔަރު ކުރި ފަހުންނެވެ. އަދި ޓެނިސް ކޯޗަކު އުމުރުން ހަގު އަންހެން ކުޅުންތެރިޔަކަށް ނިސްބަތްކޮށް ކުރި "އެކްސްޕްލިސިޓް" މެސެޖްތަކުގެ މައްސަލަ ވެސް ހިލުނެވެ.

އެކަމަކު ވީއޭއެމްގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނުކުމެ، ސޮފްވާނުގެ މައްސަލަ ހިލުވައިލި އެވެ. ކުރިމަތިވި ޕްރެޝަރުގައި އެޑްހޮކް ކޮމިޝަނެއް އުފައްދައި މައްސަލަ ބަލަން ފެށި އެވެ. އޭނާ މަގާމުން އެކަހެރި ކުރި އެވެ. އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ބަލައި އެކްސްކޯއިން އޭނާ އަށް އަދަބު ދީފި އެވެ.

ސޮފްވާނަށް ވީއޭއެމުން އެޅި، ފަސް އަހަރުގެ ސަސްޕެންޝަނުގައި، ވޮލީގެ ހަރަކާތްތަކުގައި ބައިވެރިވުން އެ މުއްދަތަށް އޭނާ އަށް ބަންދުވީ އެވެ. އޭނާ އަށް ތުހުމަތު ކުރެވޭ ކުށުގެ މިންވަރަށް ބަލައި، ބައެއް މީހުންނަށް އެ އަދަބު ކުޑަ އެވެ.

ކުރީގެ އެއް ވަނަ އަންހެން ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ބުނި ގޮތުގައި ސޮފްވާން، އުމުރަށް ސަސްޕެންޑް ކުރަންވީ އެވެ.

ވީއޭއެމުން އުމުރު ދުވަހަށް ސަސްޕެންޑް ކުރިޔަސް އޭނާ ސސްޕެންޑް ކުރެވޭނީ ވޮލީގައި ބައިވެރި ނުވެވެނެ ގޮތަށެވެ. ނުވަތަ އެހެން އެސޯސިއޭޝަނެއް ތަމްސީލުކުރާ ކުޅިވަރެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވުމުން އެ އެސޯސިއޭޝަނަކަށް ފިޔަވަޅު އެޅެން އޮތީ އެ ކުޅިވަރެއްގައި ބައިވެރި ނުވެވޭނެ ގޮތަށެވެ.

މާދަމާ އެ މީހަކު ގޮސް ގުޅޭނީ އެހެން ކުޅިވަރެއްގެ މަގާމަކާ އެވެ. ތުހުމަތު ކުރެވޭ ފަރާތް މުޅި ކުޅިވަރުގެ ހަރަކާތްތަކުން ދުރުކޮށް ބޭރުކުރެވޭނެ ގޮތެއް ނުހޯދެ އެވެ.

ކުޅިވަރުގެ މައްސަލަތަކުގައި ދިރާސާ ކުރައްވާ ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މުޅި ކުޅިވަރުގެ ތެރެއިން އޭނާ ބޭރުކޮށް ދުރުކުރެވޭނީ ސަރުކާރުގެ ކުޅިވަރު އޮނިގަނޑުގެ ތެރޭގައި އުފެދިފައިވާ އިދާރާތަކަށެވެ. ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް ކައުންސިލަށެވެ.

"ގާނޫނީގޮތުން އެ ބާރު ދީފައި އޮތީވެސް ދެއްތޯ މިހާރު އޮތް (ކުޅިވަރު) ގާނޫނުގައި. ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމާއި އަޅާ ފިޔަވަޅުތައް ރިވިއުކުރުމާ، އެކަންކަން ކުރުން އޮވޭ،" ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް ކައުންސިލަށް އެ ބާރު ލިބިދީފައިވާކަމަށް ވިދާޅުވެ ވަކީލު ވާހަކަ ދެއްކެވި އެވެ.

"އަސްލުގައި އެ މީހުންނަށް [ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް ކައުންސިލަށް] ހެދެން ވާނެ ހުރިހާ (ކުޅިވަރަކުން) އެންމެން ފޮލޯކުރަންޖެހޭ ޖެނަރަލް ސްޓޭންޑަޑެއް. މިސާލަކަށް ތިބުނާ ކަންތައް ހޭންޑްބޯޅައިގައި ކުރީވިއްޔާ ދީފާނެ އެހެން އަދަބެއް. ތިބުނާ ކަންތައް ފުޓްބޯޅައިގައި ވެއްޖެއްޔާ ދީފާނެ 10 އަހަރު. އޭރުންވެސް ހަމައެއް ނުޖެހޭނެތާ. ކޮންމެވެސް މިނިމަމް ސްޓޭންޑަޑެއް އޮންނަންވާނެ ސަރުކާރުން ކަނޑައަޅާފައި. އޭގެ ގްރެވިޓީއަށް ބަލާފަ މައްޗަށް ތިރިއަށް ދެވިދާނެ. މިސާލަކަށް ތިކަހަލަ ކަމެއް އެހެން ކުޅިވަރެއްގައި ކުރީވިއްޔާ ތިން މަހަށް ސަސްޕެންޑް ކުރީ. އަނެއްކާ ތިބުނިހެން އޭނަ ގޮސް އެހެން ކުޅިވަރަކަށް ޖޮއިން ކުރީ، އެ އެއްޗިހި ހާމަނައިޒް ކުރެވެން ވާނެ."

ކުޅިވަރުގެ އިސް މީހުންނާ އެކު ކުރި ތަޖުރިބާގެ އަލީގައި ވަކީލު ވިދާޅުވި ގޮތުގައި ކުޅިވަރުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ވެސް ދުރާލައި ކަންކަން އިންތިޒާމު ކުރުމުގެ ޕްރެކްޓިހެއް ކުޅިވަރުގައި އުޅޭ މީހުން ނުގެންގުޅެ އެވެ.

"ކުޅިވަރުގައި އުޅޭ މީހުންގެ އެވަރުގެ ފޯސައިޓެއް ނުހުރޭ. ދެން ކަމެއް ދިމާވީމަ ގޮސް ބުނާނީ ތިކަހަލަ ކަމެއް އޮންނަންވާނެ ނޫންހޭ. (ތުހުމަތު ކުރެވޭ މީހާ) ގޮސް ފުޓްބޯޅަ ޓީމެއްގެ ކޯޗަކަށް ވެދާނެ. ވީމަ ބުނާނެ އޭ މިހެން ނޫންހޭ ވީ. އެކަމަކު އެހެން ބުނާއިރު އެކަން ދުރާލައި ޕްރިވެންޓް ކުރާކަށް އެއްވެސް ކަމެއް ނުކުރާނެ،" ވަކީލު ވިދާޅުވި އެވެ.

ސޮފްވާނުގެ މައްސަލަ ފެންމަތިވީ އެވެ. އެކަމަކު އަދި މިހާތަނަށް އެކަންކަމާ މެދު މުޅި ކުޅިވަރު ކޮމިޔުނިޓީން، އޭނާ އަށް ޖާގަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ނާޅަ އެވެ. ވަކީލު ވިދާޅުވި ގޮތުގައި މުޅި ކުޅިވަރުގައި އެއް އުސޫލަކުން އެފަދަ މީހަކާ މެދު އަމަލު ކުރެވޭނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ތުހުމަތު ކުރެވޭ މީހާއަކީ ކުޅިވަރުތެރޭގައި އުޅެން ރައްކާތެރި މީހެއްތޯ ވެސް ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް ކައުންސިލުން ބަލަން ވެސް ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

"ތިއީ ވަރަށް މުހިންމު ކަމެއް. ކުރަން ވެސް ޖެހޭ ކަމެއް. އަދި ސަރުކާރުން ވެސް އެކަން ބަލަން ވެސް ޖެހޭނެ ކޮންކަހަލަ ލެވަލްއަކަށް ތޯ، އެކަން ކޮށްފަ އޮތީ. ބަލާފަ ޖެހޭނެ އެމީހާކީ ކުޅިވަރު ތެރޭގައި އުޅެން ރައްކާތެރި މީހެއްތޯ (ބަލަން). ބަލާފައި ފިޔަވަޅު އަޅަން ޖެހޭނެ. އެކަމަކު އެ ފިޔަވަޅު އަޅަން މެކޭނިޒަމެއް ވެސް ހަދަން ޖެހޭނެ. މެކޭނިޒަމެއް ނުހަދައިފިއްޔާ ފެއާއެއް ވެސް ނުވާނެ. އެ މެކޭނިޒަމް ހެދުމުގެ ބާރު ސްޕޯޓްސް ކައުންސިލަށް ވެސް އޮންނާނެ. އަދި މިހާރު އޮތް ގާނޫނުގައި ސްޕޯޓްސް ކޮމިޝަނަރަށް ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅުތަކަކީ ކުޅިވަރުގެ މިހާރުގެ ޖީލާއި އަންނަން އޮތް ޖީލުގެ ސަލާމަތައްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެވެ. ލިބުނު ފިލާވަޅުގެ އަލީގައި ވީއޭއެމުން ވަނީ، ކުރިއަށް އޮތް ތަނުގައި އެފަދަ ޖިންސީ ނާޖާއިޒު ކަންކަން އެ ކުޅިވަރުގެ ތެރޭގައި ހިނގިޔަ ނުދިނުމަށް އެ އެސޯސިއޭޝަނުގެ އެތޭރޭގައި އެ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު މިފަދަ އެހެން މައްސަލައެއްގައި އެހެން ކުޅިވަރެއްގެ ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ޝިކާރައަކަށްވެ ވިކްޓިމައިޒްވުމުގެ ކުރިން، މި ފިޔަވަޅުތައް އެޅިފައި އޮންނަން ޖެހެ އެވެ. އެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހެ އެވެ. އެކަމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް މުޅި ކުޅިވަރުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ތަންފީޒު ކުރަން ޖެހެ އެވެ.