ބަލި މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މުވައްޒަފުން ހޯދަނީ، މުސާރައަށް 12،000ރ.
ބަލި މީހުންނަށް މަރުހަބާ ކިޔަން އިތުރު 40 މުވައްޒަފުން ހޯދަނީ، މުސާރައަށް 12،000ރ.

ބަލި މީހުންނަށް މަރުހަބާ ކިޔައި، އެހީވާން މާލެ ސިޓީ ގްރޫޕްގެ ހޮސްޕިޓަލްތަކަށް އިތުރު މުވައްޒަފުންތަކެއް ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.

އެ ތަނުން ބުނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރާ މީހުންނަށް އެހީވާން ޕޭޝަންޓް ސަޕޯޓު ކޯޑިނޭޓަރުންގެ 40 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެ މަގާމަށް އަންނަ އަންގާރަ ދުވަހުގެ 1:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މަގާމުގެ ޝަރުތަކީ ގްރޭޑު 10 ނިންމާފައިވުމެވެ. މުސާރައަށް ކަނޑައަޅާފައިވަނީ 12،000ރ. އެވެ.

- ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެ މައްސަލަތައް ހައްލުކޮށްދިނުން

- ހިދުމަތް ހޯދަން ދާ މީހުންނަށް ފުރިހަމައަށް މައުލޫމާތު ދިނުން

- އޯގާތެރިކަމާއި ހަމްދަރުދީވުން އަދި ހިނިތުންވުމާ އެކު މުއާމަލާތްކުރުން

އެ މަގާމަށް މިދިޔަ ޖުލައި މަހު ވެސް 55 މީހުން ވަނީ ހޮވައިފަ އެވެ.

އާއްމުންގެ ބޮޑު ޝަކުވާއެއް އޮންނަ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ދޭ ހިދުމަތް ރަނގަޅުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ނަގަމުންނެވެ. އަދި އެ ތަނުގެ ހިންގުން ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކާއެކު، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ އަދި ތެލެސީމިއާ ސެންޓަރު ހިންގަނީ ވަކި ބޯޑެއްގެ ދަށުންނެވެ. ގްރޫޕުގެ ސީއީއޯއެއް ހަމަޖައްސަވައި، ކޮންމެ ހޮސްޕިޓަލެއް ހިންގަނީ ޑެޕިއުޓީ ސީއީއޯގެ ދަށުންނެވެ.