ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހުން ގެއްލިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހުން ގެއްލިއްޖެ

މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހުން ގެއްލިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހުން ގެއްލިއްޖެ

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބި ހަތް މީހުންގެ ތެރެއިން، ޝިފާން ހިމެނޭ ގޮތުން ތިން މީހަކު ގެއްލުނެވެ. މަރުވެފައި އޮއްވާ ޝިފާން ފެނުނުއިރު ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ގެންދަނީ ކުރަމުންނެވެ.

ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ސްރީލަންކާގެ މީހަކާއި އިންޑިއާގެ މީހެކެވެ.

އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ހެނދުނު ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ރޭ ފަތިހު 4:30 އިން މިއަދު ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އަދި މިއަދު މެންދުރާ ހަމައަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.