16 އޮކްޓޯބަރ 2025 - 07:04

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ގއ. ދާންދޫ ސަރުސޫނުގޭ އަހުމަދު ޝިފާން، 38.

ފުލުހުން ދެންމެ ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއް. ދެން ގެއްލިގެން ހޯދަނީ އިންޑިއާ މީހަކާއި ސްރީ ލަންކާގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި.
ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް މީޑިއާއާ ހިއްސާއެއް ނުކުރޭ.
ހަތް މީހުންނާ އެކު ދަތުރުކުރި ލޭންޑިންކްރާފްޓް "އަލްމާކް ފިޔަ" ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭގެ ދަންވަރުގެ ވަގުތެއްގައި. އޭގެ ތެރެއިން ހަތަރު މީހަކު ކޯސްޓް ގާޑުން ސަލާމަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ. ރޭގެ 3:48 ހާއިރު އެ އެންމެން ސަލާމަތް ކުރެވުނަސް ބާކީ ތިން މީހުން ގެއްލިގެން ހޯދަން ފެށި. އެ ތިން މީހުންގެ ތެރެއިން ފެނުނު މީހާ މަރުވެފައިވާއިރު ބާކީ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނި.
ފުލުހުން ދެންމެ ބުނީ، ލޭންޑިންކްރާފްޓް ބަންޑުން ޖަހާލައި ގެއްލުނު ތިން މީހުންގެ ތެރެއިން ފެނުނު މީހާ އޮތީ މަރުވެފައި ކަމަށް. އޭނާގެ ހަށިގަނޑު ފެނުނީ ކޯސްޓް ގާޑުގެ ޑައިވަރުންގެ ޓީމަށް ކަމަށް ފުލުހުން ބުނި. މަރުވެފައި އޮއްވައި އެ މީހާ ފެނުނީ މިއަދުގެ ހެނދުނު 8:04 ހާއިރު ކަމަށް ފުލުހުން މީޑިއާ ހިއްސާކުރި މެސެެޖެއްގައި ވޭ.
އެމްއެންޑީއެފުން ބުނިގޮތުގައި ކޮޅުވެއްޓި ދަތުރުކުރީ ރީތި ރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިއަދޫ އަށް ކަމުގެ މައުލޫމާތު ވަނީ ލިބިފައި.
އެމްއެންޑީއެފުން ދެންމެ ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް. އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރޭ.
މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި އެކަކު މަރުވެ، ދެ މީހަކު ގެއްލިއްޖެ އެވެ.
މި ހާދިސާގައި މަރުވީ، ގއ. ދާންދޫ، ސަރުސޫންގެ، އަހްމަދު ޝިފާން، 38 އެވެ.
މެރިން ފުލުހުން ބުނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމްތްކޮށްފައިވާ ކަމަށެވެ. އެ މީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެރިން ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.