އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ކަނޑައެޅި 23 ބާވަތުގެ ތަކެތި ވިއްކަން ފަށައިފި އެވެ.

އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ނިންމާފައިވަނީ 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިހެވެ. އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ފިޔާ އާއި އިނގުރާއި ކެރެޓާއި ބަށީގެ އިތުރުން ކައްޓަލަ އާއި އަލުވި އާއި ކެބެޖާއި ބަރަބޮލާއި ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ. އެސްޓީއޯއިން ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ ދޮންކެޔޮ އަދި އާފަލާއި އޮރެންޖާއި ލުނބޯ އާއި ޖުމްހޫރީ މޭވާގެ އިތުރުން އަނބާއި ފަޅޮލާއި ކަރާގެ އިތުރުން މިރުހާއި މޭބިސްކަދުރެވެ.

އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ އެތެރެކުރަން ނިންމި ބާވަތްތަކަކީ އަގު މައްޗަށް ދިއުމުން އާއްމުންނަށް އެންމެ ބޮޑަށް އަސަރުކުރާ ތަކެއްޗާއި އިމްޕޯޓް ޑޭޓާގެ އިތުރުން އާއްމު ސިއްހަތަށް ބޭނުންވާ ތަކެއްޗަށް ބަލާ ދިރާސާކުރުމަށްފަހު ކަނޑައެޅި ބާވަތްތަކެކެވެ.

އެ ތަކެތި އެސްޓީއޯއިން މާކެޓުގައި ވިއްކަން ފެށުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ގިނަ އަދަދެއްގެ ތަކެތި އަސާސީ ބާވަތްތަކެއްގެ ގޮތުގައި އެސްޓީއޯއިން ވިއްކަން ފެށުމަކީ ތާރީހީ ކަމެއް ކަމަށެވެ.

ޝިމާދު ވިދާޅުވީ އެ ތަކެތި ރާއްޖޭގެ ދަނޑުވެރިން އަތުން ތަކެތި ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ދަނޑުވެރިންގެ އަތުން ގަންނަނީ ޖުމްހޫރީމޭވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ދަނޑުވެރިންގެ އަތުން ކަނޑޫދޫ މިރުހާއި ރާއްޖޭގައި ހެއްދޭ އެކި ބާވަތްތައް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ރާއްޖޭގެ ވިޔަފާރިތަކާ ގާތްގުޅުމެއް ބާއްވަމުންދާ ކުންފުންޏެއް ކަމަށާއި ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ދޫކުރުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ހާއްސަ ތަނެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޯޓުތަކުން ރަށްރަށަށް ޑިސްޓްރިބިއުޓްކުރާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމުގެ ގޮތުން، ބާޒާރުމަތީގައި ކުރިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ޝޯ ރޫމް ފިހާރަ ހުރި ތަން ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރައަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެކުންފުނިން އާއްމުންނަށް އަލަށް ވިއްކަން ފެށި ތަކެތި ހެޔޮ އަގުގައި ވިއްކާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ވިއްކާ ތަކެތި މާކެޓް ރޭޓަށް ބަލާފައި، ވިއްކެން ހުރި އެންމެ ރަނގަޅު އަގުތަކުގައި ވިއްކާނަން. ހޯލްސޭލް މާކެޓަށް ވުރެ ބޮޑަށް، މިވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރީޓެއިލްކޮށް އާއްމުންނަށް ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުން." ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯއިން ގެންނަން ފެށި ތަކެތި ދެމެހެއްޓެނިވި ގޮތުގައި ގެނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ނެތުމުގެ ގިނަ ޝަކުވާތަކެއް އެ ކުންފުންޏަށް ލިބެމުންދާތީ ހުޅުމާލެ ފޭސް އެކެއްގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ފިހާރައެއް ހުޅުވުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން އެ 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފަ އެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ އެވެ. އެސްޓީއޯއިން އެ ތަކެތި ވިއްކާ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ އެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި އަލަށް ގެނައި ތަކެއްޗަށް އޮތް ޑިމާނަޑަށް ބަލައި އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.