އައިޝަތު އަލީއަށް އޭސީސީން ކުރާ ތުހުމަތު ވެސް ސާފުކޮށެއްނުދެވޭ: ވަކީލުން
އައިޝަތު އަލީއަށް އޭސީސީން ކުރާ ތުހުމަތު ވެސް ސާފުކޮށެއްނުދެވޭ: ވަކީލުން

ސްވިފްޓް އިންޖީނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރުކުރުމަށް ފަހު ވެސް، ތުހުމަތު ސާފުކޮށްނުދެވޭ ކަމަށް، އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

އައިޝަތު އަލީއަށް އޭސީސީން ކުރާ ތުހުމަތު ވެސް ސާފުކޮށެއްނުދެވޭ: ވަކީލުން
އައިޝަތު އަލީއަށް އޭސީސީން ކުރާ ތުހުމަތު ވެސް ސާފުކޮށެއްނުދެވޭ: ވަކީލުން

އެ ކޮމިޝަންގެ ތަހުގީގަށް ދެ ގަޑިއިރު ވަންދެން ސުވާލުކުރުމަށް ފަހު، އެ ތަނުން ނުކުމެވަޑައިގެން އައިޝަތު އަލީގެ ވަކީލް، އަހުމަދު މައުރޫފް ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެކަމަށް ވަކި ތަފްސީލެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އައިޝަތު އަލީ ބައިވެރިވެވަޑައިގަތީ ލަފާ ދޭ ކޮމެޓީއެއްގައި ކަމަށާއި އެއީ ގޮތް ނިންމާ ކޮމެޓީއެއް ނޫން ކަމަށެވެ. އަދި ނުހައްގު ބަދަލެއް ދިން ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އޭސީސީން ސުވާލެއް ނުކުރާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އޭސީސީއަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.

ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސާ ވިދާޅުވީ ސުވާލުކުރަނީ ކޮން މައްސަލައެއްގައި ކަން އިންވެސްޓިގޭޓަރުންނަށް ވެސް ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިން އެންގުމުން ކޮމިޝަނަށް ބޭފުޅުން ހާޒިރުކުރަނީ ކަމަށެވެ.

ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޭސީސީން ކުރާ ތުހުމަތާ ގުޅިގެން ސައުދުﷲ މީގެ ކުރިން ވިދާޅުވީ އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

އެހެންވެ، މާލީ ބަދަލުގެ ނުދީ، ސްވިފްޓަށް ހަވާލުކުރީ ޕްރޮޖެކްޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"..ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ ވެލިއު އަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ،" ސައުދުﷲ ވިދާޅުވި އެވެ.