ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ
ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ

އެކި ރަށްރަށުގެ ބިން އެއްފަހަރާ ހިއްކާނެ ގޮތާ ދޭތެރޭގައި ސުވާލު އުފައްދައި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.

ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ
ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ

ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެ އަތޮޅު ތިން ރަށެއްގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ
ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ

ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއްގައި ޕްލޭނެއް އޮތް ކަމަށެވެ.

ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ
ރައީސްގެ ރައްދު އިދިކޮޅަށް: ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިންގާނެ

އެކަން ކުރާނެ ގޮތާމެދު ސުވާލު އުފައްދާ މީހުންނަށް ރައީސް ވަނީ ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ބިން ހިއްކުމުގެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.

ބައެއް އަތޮޅުތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.

މިދިޔަ ދެތިން މަސް ތެރޭގައި ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏެއް މެދުވެރިކޮށް ޑްރެޖަރު ގެނައުމަށް ހަވާލު ކޮށްފައިވާ ކަމަށާއި މި މަސް ނިމޭއިރު އޭގެ ތެރެއިން އެއް ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ގާތްގަނޑަކަށް 11،000 ޓަނުގެ ޑްރެޖިން މަސައްކަތް ކުރާ ޑްރެޖަރެއް. އެ ޑްރެޖަރު ދާނީ ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން މަސައްކަތް ފެށި ވިލުފުށީގެ އެއާޕޯޓު ބިން ހިއްކަން. ދެން އަންނަ މަހުގެ މެދަކާ ހިސާބުން، 15 ނުވަތަ 20 ހިސާބުގައި އަންނަނީ 45،000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު އައިސް އޭގެ މަސައްކަތް ފަށާނެ ރަސްމާލޭގައި،" ރައީސް ވިދާޅުވި އެވެ.

"ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާ ހިސާބުގައި އަންނާނެ. އެއީ ވެސް 45،000 ޓަނުގެ ޑްރެޖަރެއް، އެ ދާނީ ހއ. ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކަން. ގާތްގަނޑަކަށް ދެ ހަފްތާއެއް ތެރޭ، ނުވަތަ ގިނަވެގެން ތިން ހަފްތާ ތެރޭ ބިން ހިއްކައި ނިމޭނެ."

ހއ. އަތޮޅު ނިންމާ ގޮތަށް އެ ޑްރެޖަރު އަންނާނީ ށ. އަތޮޅު އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަމަށާއި ފަހަރަކު ރަށެއްގެ ބިން ހިއްކައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ އަތޮޅުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައިސް ވިދާޅުވީ މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލްއިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިން ވެސް ޑްރެޖަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ފަށަނީ ވައުދެެއް ވެފައި އޮތުމުން ކަމަށާއި އަދި އެއަށްފަހު އެކަން ހުއްޓާލަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމެއް ނިންމައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އަމަލީ މަސައްކަތް މިއަދު ފެށި ކޮމަންޑޫ އެއާޕޯޓަށް ބޭނުންވާ 48.8 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ވަށައިގެން ހިމާޔަތް ކުރުމަށް ޖަހަންޖެހޭ ބަންޑް ވޯލްގެ މަސައްކަތް ދެ މަސް ތެރޭގައި ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމައި ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓު ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.