14 އޮކްޓޯބަރ 2025 - 14:38

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލްއިން "ފަޔާ ތަކާފުލް" އޮންލައިންކޮށް މިހާރު ނެގޭނެ ކަމަށް އެލައިޑުން ބުނެފި އެވެ.
އެލައިޑް ތަކާފުލްއިން ބުނީ އޮންލައިން ހިދުމަތާއެކު ފަޔާ ތަކާފުލް ނަގަން ބޭނުންވާ މީހުންނަށް އަވަހަށް، ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި އެ ހިދުމަތް މިހާރު "މައި އެލައިޑް"އިން ލިބޭނެ ކަމަށެވެ.
"ފަޔާ ތަކަފުލް" އަކީ އެލައިޑް ތަކަފުލްގައި ހިމެނޭ އެހެން ޕްރޮޑަކްޓުތަކެކޭ އެއްފަދައިން، އިސްލާމީ ޝަރީއާއަށް ފެތޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮޑަކްޓެކެވެ.
"ފަޔާ ތަކަފް" އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮޑަކްޓެކެވެ. އެ ޕްލޭންއިން، އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން އެނޫން ވެސް އިތުރު ސަބަބުތަކާ ހުރެ ލިބިދާނެ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދެ އެވެ. އެގޮތުން ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުމާއި ފެންޓޭންކު ނުވަތަ ފެން ހޮޅިއެއް ފަޅައިގެން ދިއުމާއި ވައްކަމުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ވެސް އެ ޕްލޭނުން ކަވަރުކުރެ އެވެ.
"ފަޔާ ތަކަފުލް"އިން ހެޔޮ އަގުގައި ބޭކަރީތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތަކާއި ވޯކްޝޮޕްތަކާއި ގުދަންތަކާއި ޑައިވް ސެންޓަރުތަކާއި އަދި އެ ނޫން ވެސް ކުދި ވިޔަފާރިތަކަށް ކަވަރޭޖް ލިބޭނެ އެވެ. އަދި ވިޔަފާރިތަކުން ބޭނުންވާ ގޮތަށް އެ ޕްލޭން ކަސްޓަމައިޒް ވެސް ކުރެވޭނެ އެވެ.
އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިދިނުމާއެކު ކުރިއަށް ވުރެ ފަސޭހަކޮށް، އަވަހަށް ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން އަތްފޯރާފަށަށް ހިދުމަތް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.