ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި ގދ. ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެ އަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.

ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

ތިނަދޫ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނީ ރެެއިން ފެށިގެން ހުއްޓާ ނުލައި އެ ރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
ތިނަދޫގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

އެހެންވެ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް، ލިބުނު ގެއްލުމުގެ ތަފުސީލު އަދި ނުލިބެ އެެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ބައެއް ގޭގެއަށް ވަރަށް ބޮޑަށް ފެންވަދެ، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ.

ބޯކޮށް ވާރޭވެހި، ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެ އިދާރާއިން ވެސް ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ތިނަދޫ އާއި އެ އަތޮޅު މަޑަވެލީގައި ފެންބޮޑުވެގެން ފެން ހިންދުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން މި ވަގުތު ވެސް ރާއްޖޭގެ އެންމެ އުތުރަށް ވައިޓް އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު ހަތެއް ޖަހަންދެން ގއ. އާއި ގދ. އަތޮޅަށް ޔެލޯޓް ވެސް އެ އޮފީހުން ނެރުނެވެ.