ގައުމީ ޓީމުގެ މެޗަށް ޓިކެޓުގެ 75 ޕަސަންޓް ވިކިއްޖެ، މިއަދު އިތުރަށް ބާރުބޮޑު!
ގައުމީ ޓީމުގެ މެޗަށް ޓިކެޓުގެ 75 ޕަސަންޓް ވިކިއްޖެ، މިއަދު އިތުރަށް ބާރުބޮޑު!

އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް މިއަދު ރާއްޖޭން ކުޅޭ މެޗަށް 3،000 ޓިކެޓް ވިކިއްޖެ އެވެ.

ގަލޮޅުދަނޑުގެ އިރުމަތީ ފަޅިއާއި ސަހަރާފަޅީ ސިޑިބަރިތަކުގެ ހާލަތު ރަނގަޅުނުވުނުން، އެ އެ ސަރައްދު ބޭނުން ނުކުރެ އެވެ.

އެހެންވެ ދަނޑުގެ ސީޓީން ކެޕޭސިޓީގެ ނިސްބަތް މިހާރު ކުޑައެވެ. ދަނޑުގެ އެވޭލަބަލް ސީޓިން ކެޕޭސިޓީ 4000 އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ އިއްޔެ ނިޔަލަށް ޓިކެޓްގެ 75 ޕަސަންޓް ވިކިފައިވާ ކަމަށެވެ.

އެއީ 3،000 ޓިކެޓެވެ. އެއީ 3،000 ޓިކެޓެވެ. ގޮނޑިބަރީގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ. ސިޑިބަރީގެ ޓިކެޓް 50ރ. އަށެވެ.

ޒަރީޒު ވިދާޅުވީ ޓިކެޓް ގަތުން މިއަދު ދަނީ ވަރަށް ބާރުބޮޑު ކަމަށެވެ.

"މިއަދު އުޅޭނީ ވެސް ވަރަށް ބާރުބޮޑުކޮށް،" ޒަރީޒރު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ މެޗު ޕްރޮމޯޓް ކުރަން އެފްއޭއެމުން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް މިދިޔަ ހޮނިހިރު ދުވަހު ބާއްވާފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން ކުޅޭ މެޗަކީ ދެ އަހަރަށް ފަހު ދިވެހި ޓީމުން ކުޅޭ ފުރަތަމަ ހޯމެ މެޗެވެ. ދިވެހި ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އޮކްޓޯބަރު 2023 ގަ އެވެ.

އޭގެ ދެ އަހަރު ފަހުން ރާއްޖޭން އަމިއްލަ ދަނޑުގައި މިއަދު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.

ރާއްޖޭގެ ކެޕްޓަން ސަމޫހް އަލީ ބުނީ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބެއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެން ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.