އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހާމަކޮށްފި އެވެ.

އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
އެސިސްޓެންޓް ކޮމިޝަނަރު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު މުހައްމަދު ދާއޫދު އަދި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައި ވާއިރު އެ ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމުގައި [ވާތީ] އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނިންމާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

މި މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން ސިއްރު ރިޕޯޓެއްގައި އޮތުމުން ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ވެސް ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެން އެ ދެމީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ބައްލަވައިގެންފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ. އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެކެވެ. އެ އެޕާޓްމެންޓަށް 10 އިންސްޓޯލްމެންޓުން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވި ދުވަސްވަރު ސިންގަލް ސޯސްކޮށްގެން ބޮޑީ ކެމެރާ ގަތުމަށް ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދިން އިރު އެކަމުގައި ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް ނާޒިމް ފާހަގަކުރެއްވި އެވެ. ސަބަބަކީ، އެ ތަކެތި ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލުމަށް ފަހު، އެ ބީލަން ބާތިލްކުރުމަށް ފަހު، އެކަމަށް ޝައުގުވެރިވި އެއް ކުންފުންޏަށް ސިންގަލް ސޯސް އުސޫލުން ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތުމެވެ.

މަގާމުން ވަކިވުމަށް ފަހު ހަމީދު އެ ކުންފުނީގެ މަގާމެއް އަދާކުރި ކަމަށާއި އެކަމުގައި ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތު ކުރެވޭތީ އޭސީސީން އެކަން އިތުރަށް ބަލާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭސީސީން އެންމެ ފުރަތަމަ އެކަން ބެލި އިރު ޕްރޮޖެކްޓް ހަވާލު ކުރުމުގައި މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޕޮލްކޯގެ އަނެއް ބޮޑު ކޮރަޕްޝަންގެ ތުހުމަތު ކުރެވެނީ، އެ ކުންފުނީގެ ދަށުން ހިންގާފައިވާ ކޭޓަރިން ޕްރޮޖެކްޓްތަކުގަ އެވެ. ޕޮލްކޯ އާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހިންގި ކޭޓަރިން ޕްރޮޖެކްޓްތަކުގައި އެގްރީމެންޓްތައް ހަދާފައިވަނީ އަބަދުވެސް ޕޮލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ފަސް އަހަރަށް ހަދަން ކަނޑައެޅި އެގްރީމެންޓެއް 10 އަހަރަށް ހަދާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިސާބުތަކުން ދައްކާ ގޮތުން 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާ ހިސާބަށް ޖުލައި މަހުގެ ނިޔަލަށް 564 މިލިއަން ކެއިން ބުއިމަށް ހަރަދުކޮށްފައި އެބަ އޮތް. ކޮންޓްރެކްޓްގެ ދަށުން. މި އަށް ވަރަށް ބޮޑު ވޭރިއޭޝަނެއް އައިސްފައި އެބަ އޮތް. އަދި އިތުރުވި ތަންތަން އެގްރީމެންޓަށް އިތުރުކޮށްފައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.