އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

މުޅި އައްޑޫ، ސިޓީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުގައި އޮންނަ އޮތުން ބަދަލުކޮށް ބައެއް ރަށްތަކުގައި ވަކިން ކައުންސިލް ހަދައިގެން ހިންގުމާ މެދު އޮތް ހިޔާލު ތަފާތުވުމުގެ ފުންމިން ރޭ ބޭއްވި "މިހާރު" ގެ "އައްޑޫ ބަހުސް" އިން ތަސައްވަރުވި އެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކިން ކައުންސިލް ހަދައިގެން ހިންގުމާ މެދު ފެންނަ ގޮތެއް ބެލުމަށް، އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ރާއްޖޭގެ އެއް އަތޮޅެއްގެ ހުރިހާ ރަށެއް ޝާމިލްވާ ރާއްޖޭގެ ހަމައެކަނި ސިޓީ "ރޫޅާލުން" ކަމަށް އެއްބަޔަކު ބުނާއިރު މިއީ އައްޑުއަށް ލާމަރުކަޒީ ގޮތުން ހައްގުތައް ކަށަވަރުކުރުމުގެ ވޯޓުގެ ގޮތުގައި އަނެއް ބަޔަކު ދެކެ އެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

އައްޑޫ ސިޓީގެ އެންމެ ބޮޑު އާބާދީ، ހިތަދޫއަށް އިދާރީ ގޮތުން ބޮޑު ކޮންޓްރޯލެއް ލިބޭ ގޮތަށް އޮންނަ ސިޓީ ކައުންސިލުން ވަކިވުމަށް، އެއް ފަސްގަނޑަކުން އައްޑޫގައި ނުގުޅި އޮތް ހަމައެކަނި ދެ ރަށް ކަމަށްވާ މީދޫ އާއި ހުޅުދޫގެ ބައެއް ރައްޔިތުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެ އެވެ. އެ މީހުން ބުނާ ގޮތުން އެއީ ހުޅުދޫ އަދި މީދޫއަށް ހަގީގީ ބާރުވެރިކަން ހޯދަން މަސައްކަތްކުރާ މަސައްކަތެވެ. ރަށެއްގެ ބާރުވެރިކަން ނެތި، އަވަށެއްގެ ގޮތުގެ އޮންނަން ބޭނުން ނުވަނީ އެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

ހިތަދޫ ނަގާފައި ދެން އެންމެ ބޮޑު އާބާދީ ކަމަށްވާ ފޭދޫން ވެސް މި ބަހުސްގެ ތެރެއަށް ވަނީ އެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

ތިން ރަށް، ސިޓީ ކައުންސިލުން ވަކިވުމުގެ ބަހުސްގެ އަނެއް ކޮޅަކީ "ވަން އައްޑޫ" އެވެ. އައްޑޫ އެކަތިގަނޑެއްގެ ގޮތުގައި އޮތުމެވެ. އެއްކޮށް ބަދަހިކޮށް އޮތުމުގެ ފައިދާ އާއި ތަރައްގީ ގެނައުމަށް އޮތް ބާރުވެރިކަމެވެ. އެކަމަށް ހިތަދޫގެ ގިނަ ރައްޔިތުން ތާއިދުކުރާއިރު، ހުޅުދޫ، މީދޫ އަދި ފޭދޫ ވަކިވުމުގެ އަޑާ އެއް ހަމައެއްގައި "ވަން އައްޑޫ" އަށް ތާއިދުކުރުން ވެސް އެބަ އޮތެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

ކޮންމެ ބަޔަކު ވެސް އެބައެއްގެ ދަލާލަތުތަކާ އެކު ބުނަނީ ވޯޓު ކާމިޔާބުކުރާނެ ކަމަށެވެ.

އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!
އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

ހުޅުދޫގެ މެންބަރެއްގެ ގޮތުން މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގައި މަސައްކަތް ކުރެއްވި އަލީ މުހައްމަދު ވިދާޅުވި ގޮތުގައި ހުޅުދޫ، މީދޫގެ ރައްޔިތުންނަށް މިހާރު އޮތީ މުޅިން ވެސް ތަކުލީފެވެ. ކަނޑުމަގުން 8 މޭލު ހުރަސްކޮށް އަސާސީ ހިދުމަތްތައް ހޯދަން ދަތުރުކުރަން ޖެހިފައިވާ ކަމަށެވެ.

މީހުން ދިރިއުޅޭ 186 ރަށެއް ރާއްޖޭގައި އޮތްއިރު، އެހެން ހުރިހާ ރަށެއްގައި ރަށު ކައުންސިލްތައް އެކުލަވާލައި، އަމިއްލަ ބާރުވެރިކަން ހޯދިއިރު އެ ފުރުސަތު ހުޅުދޫ އަދި މީދޫއަށް ލިބިފައިނުވަނީ ބޭއިންސާފުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ހުޅުދޫ އަދި މީދޫ އަކީ ވެސް އަވަށެއްގެ ގޮތުގައި އޮންނަން ޖެހޭނެ ދެ ރަށް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

މިހެންވުމުން، ކުރިން ހިންގަމުންދިޔަ ރަށު އޮފީސް، އަވަށު އޮފީހަކަށް ބަދަލުވެ އެ ދެ ރަށަށް އޮތް ބާރުވެރިކަން އެއްކޮށް ގެއްލިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. އެންމެ ކުޑަމިނުން، އެ ރަށްރަށުގެ ނަންމަތީ އޮތް ބޭންކް އެކައުންޓް ގެއްލި، ހުރިހާ ކަމެއްގައި ހިތަދޫއަށް ބަރޯސާވާން ޖެހުމުގެ ނިޒާމެއްގެ ތެރެއަށް ދެ ރަށަށް ވެސް ވައްޓާލީ އެ ދެ ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ނޫން ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލެއްގެ ބަދަލުގައި ވަކިވަކި ރަށުގެ ކައުންސިލްތައް ހަދައިފި ނަމަ، އަލީ ދެކޭ ގޮތުގައި މުޅި އައްޑޫއަށް ވެސް ފައިދާ ބޮޑެވެ. އޭރަށް މުޅި އައްޑޫއަށް ދައުލަތުގެ ބަޖެޓުން ލިބޭ ގްރާންޓް ބޮޑުވެފައި، ކައުންސިލްތަކަށް ނަގައި މުވައްޒަފުންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށެވެ. އޭގެ ފައިދާ، އެ އާމްދަނީ ވަންނާނީ އައްޑޫގެ ރަށްތަކަށް ކަމަށާއި ތިޔާގިވެ، ކުރިއަރާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އޭގެ ބަދަލުގައި މިހާރު އޮތް ގޮތަށް ތިބެގެން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެނީ މުޅިން ވެސް ގެއްލުން ކަމަށް ވިިދާޅުވި އެވެ.

އަލީ ވިދާޅުވީ ވަކިވަކި ކައުންސިލްތަކެއް ހެދި ނަމަވެސް، އައްޑޫއަށް އަންނަންޖެހޭ ތަރައްގީ އަންނާނެ ކަމަށެވެ. މިހާރު އޮތް ގޮތުން ހިތަދޫއަށް ބާރުތައް ޖަމާވެ، އެހެން ރަށްރަށުގެ ހާލަތު ދަނީ އޭނާ ވިދާޅުވި ގޮތުން ނަމަ ދަށަށެވެ. އިޖުތިމާއީ، އިގްތިސާދީ ހަރަކާތްތައް އެ ރަށްރަށުގައި ގެއްލިގެން ދަނީ އަމިއްލަ ބާރުވެރިކަމެއް، އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭނެ ފުރުސަތު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުދޫއަށް ނިސްބަތްވާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވެސް ވިދާޅުވީ ހިތަދޫގެ ކައުންސިލަރުންގެ ވިސްނުމުގައި ހުޅުދޫ ތަރައްގީކުރަން ނުޖެހޭ ކަމަށާއި ހުޅުދޫއަކީ ވެސް ގާބިލް މީހުން ތިބި ރަށެއް ކަމަށެވެ. ހުޅުދޫ ޒަމާނުންސުރެ ވެސް އޮތީ އަޅުވެތިކަމުގެ ތެރޭގައި ކަމަށާއި އެހެންވެ، މިހާރު ރައްޔިތުން ބޭނުން ވަނީ ލިބިފައި ފުރުސަތުގެ ބޭނުން ހިފައި އެކަމުން މިންޖުވާން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ބޭނުން ވަނީ ހުޅުދޫގެ ރައްޔިތުން ހޮވާ ހުޅުދޫގެ ވަކި ކައުންސިލަކުން ހުޅުދޫގެ ތަރައްގީގެ ކަންކަން ކުރަން. އެއްގޮތަކަށް ވެސް މޭޔަރު ވިދާޅުވާ ގަޑިއެއްގައި މީޓިން ބާއްވާފައި ކޮމިޓީގައި ހުރި މައްސަލަތައް ނިންމާފައި އެގޮތަށް ބޭނުމެއް ނޫން. ރާއްޖޭގެ އެހެން ހުރިހާ ރަށަކަށް ވެސް ލިބިފައި ބާރު އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީ. އެ ލީގަލް އެންޓިޓީ އަޅުގަނޑުމެން ބޭނުން ވެގެން މި އުޅެނީ،" ޝަރީފް ވިދާޅުވި އެވެ.

"ކީއްވެގެން އައްޑޫގެ ބައެއް ރަށްރަށުން ހުޅުދޫއަށް އެކަން ނުދޭން މި އުޅެނީ؟"

ހދ. އަތޮޅުން މިސާލެއް ޝަރީފް ދެއްކެވި އެވެ. ކުޅުދުއްފުށީ ވަކި ސިޓީއެއްގެ ގޮތުގައި އޮވެފައި ދެން އަތޮޅުގެ އެހެން ހުރިހާ ރަށެއްގައި ވަކިވަކި ކައުންސިލްތައް އެބަ އޮތެވެ. އައްޑޫ ވެސް އޮންނަންވީ، ޝަރީފް ދެކޭ ގޮތުގައި އެގޮތަށެވެ. އެ އަތޮޅުގައި އެކަމާ ދެކޮޅު ހަދާ ބަޔަކު ނެތް ކަން ޝަރީފް ވިދާޅުވި އެވެ.

"އައްޑޫގައި ވެގެން މިއުޅޭ ގޮތް އެނގޭތޯ؟ ޒަމާނުންސުރެ އަތޮޅުވެރިންގެ އެ ސިސްޓަމް ނުފިލައިގެން އުޅެނީ އައްޑޫ އަތޮޅުން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އައްޑޫގެ ގުޅިފައި ރަށްތަކާއި ހުޅުދޫ އަދި މީދޫއަކީ އެކައްޗެއް ނޫން ކަމަށެވެ. ހުޅުދޫއަކީ ވަކިން މުޅި ރަށެއް ކަމަށާއި ސަގާފަތާއި އާދަކާދައާއި ބަހުރު ވެސް ތަފާތު ކަމަށެވެ. ހުޅުދޫ މީހުންނަކީ ހިތަދޫ މީހުން އުޅޭ ގޮތަށް އުޅޭ ބައެއް ކަމަށް ނުބުނެވޭނެ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.

"އެހެންވެ އަޅުގަނޑުމެން ބޭނުން ވަނީ ވަކި ކައުންސިލެއް، ބޭނުމެއް ނުވޭ އެހެން ބައެއްގެ ވިސްނުމުގެ ތެރޭގައި ތިބެގެން ކުރިއަށްދާކަށް. އަޅުގަނޑުމެން ނިންމާނީ އަޅުގަނޑުމެން ކަންކަން،" ޝަރީފް ވިދާޅުވި އެވެ.

ބަހުސްގެ ތެރެއަށް ވަންނަވައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މުހިންމު ވާހަކައެއް ދެއްކެވި އެވެ. އަޒާން ވިދާޅުވި ގޮތުގައި އައްޑޫ ބައިބައިވެއްޖެ ނަމަ އޮތީ ގެއްލުމެވެ. އޭގެ އެންމެ ބޮޑު ގެއްލުމަކީ އެކަތިގަނޑެއްގެ ގޮތުގައި ބާރުވެރިކަން ހޯދަން އައްޑޫއަށް ފުރުސަތު ހަނިވެގެން ދިޔުމެވެ.

"ގެންނަން މި އުޅޭ ބަދަލު ގެނެސްގެން ހައްލެއް ލިބޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. މިކަން ކުރުމުގެ ސަބަބުން ލިބޭނެ ގެއްލުންތައް އަޅުގަނޑަށް ފެނޭ. އެއް ކަމަކަށް އައްޑުއަށް ލިބިފައި މި އޮންނަ ބާގެއިނިން ޕަވާ އެއްކޮށް ގެއްލޭނެ. ދެން ކޮންމެ ސަރުކާރެއް އަޔަސް ވަކިވަކި ތަންތަނުން ވަކާލާތު ކުރާނީ ވަކިވަކި ކަންކަން ކުރަން،" އަޒާން ވިދާޅުވި އެވެ.

"ބައިބައިވެގެން ލިބޭނެ މޮޅެއް ނެތް ކަމަށް އަޅުގަނޑަށް ފެންނަނީ. ބައިބައިވެގެން ކުރިން ނުލިބޭ ކޮން އާ ހިދުމަތެއްތޯ އަލުން ލިބޭނީ. ތަރައްގީގެ ގޮތުން ކޮން ކަމެއްތޯ ވާނީ."

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި އިމާދު ސޯލިހު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) އެކަމަށް އެއްބަހެވެ.

އިމާދު ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގައި އޮތް ހަމައެކަނި ޔުނީކް ކައުންސިލް ކަމަށާއި އޭގެ ފައިދާ މިދިޔަ 15 އަހަރުގެ ތެރޭގައި އައްޑޫއަށް އެތައް ގޮތަކުން ވަނީ ލިބިފައި ކަމަށެވެ. އައްޑޫގެ ތަސައްވުރެއް އޮވެގެން ކައުންސިލުން ކުރި މަސައްކަތްތަކުން ތަފާތު ފެންނަ ކަމަށާއި ކުރިއެރުންތައް ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިމާދު ވިދާޅުވީ ކައުންސިލްގެ މެންބަރެއް މިހާތަނަށް ހުށަހެޅި އެއްވެސް ކަމެއް ކައުންސިލުން ފާސްނުކޮށް ނެތް ކަމަށާއި ހިތަދޫގެ މެޖޯރިޓީ ކައުންސިލްގައި އޮތް ނަމަވެސް، ކައުންސިލް ހިންގަނީ ވަކި ސިޔާސީ ރޫހެއްގައި ނޫން ކަމަށެވެ. ސިޔާސީ ވާދަވެރިކަން ނެތުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ރަނގަޅު ސިފައެއް ކަމަށާއި މައިނޯރިޓީއަށް އަބަދުވެސް ބަލާ ކަމަށެވެ.

"ކައުންސިލްގެ މަސައްކަތްތައް ހިނގަނީ ޑިމޮކްރަޓިކް އުސޫލުން. ކައުންސިލްގައި ނުދައްކާ ހިތަދޫ ވާހަކައެއް. ފޭދޫ ވާހަކައެއް. އެތާ ދައްކަނީ އައްޑޫ ސިޓީގެ ވާހަކަ. ކައުންސިލަރުން އިންތިހާބުވެފައި ތިބެނީ އައްޑޫ ސިޓީ ކައުންސިލަށް،" ހުޅުދޫ އަދި މީދޫއަށް ނިސްބަތްވާ އިމާދު ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން އައްޑޫގައި އޮތީ ބްރިޖްގެ ވާހަކަ އާއި ޓޫރިޒަމް ނެތް ވާހަކަ އާއި ހޮސްޕިޓަލްގެ ފެންވަރު މަތިކުރާ ވާހަކަ ފަދަ ތަރައްގީގެ ވާހަކަތައް ކަމަށާއި ނަމަވެސް، މިއަދު ދައްކަމުން ދަނީ ބައިބައިވުމުގެ ވާހަކަ ކަން އިމާދު ފާހަގަކުރެއްވި އެވެ. މި ވޯޓުގެ ނަތީޖާއަކަށް ވެސް ވާނީ އެކަން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިމާދު ވިދާޅުވީ ހދ.ގެ އާބާދީ ވެސް ކުޑަ ނޫން ކަމަށާއި ނަމަވެސް ކަލެކްޓިވްކޮށް އެ އަތޮޅުގެ ރައްޔިތުންނަށް ކަމެއް ހާސިލްވެފައި ނެތް ކަމަށެވެ. ނަމަވެސް، އައްޑޫގައި އެއް މޭޒެއް ދޮށުގައި ތިބެ. ކަލެކްޓިވް ބާގެއިންގެ ބޭނުންކޮށްގެން މަސައްކަތް ކުރުމުން ލިބިފައިވާ ކުރިއެރުންތައް ގިނަ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އިރުއަރަންދެން" ވާހަކަ ދައްކަން ތިއްބަސް، ވަކިވަކި ކައުންސިލްތަކެއް ހަދަންޖެހޭ އެކަށީގެންވާ ސަބަބެއް ނުދެއްކޭނެ ކަން އިމާދު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި އެކުގައި އޮންނަންވީ ސަބަބު އޭނާ ވިދާޅުވި އެވެ. އިމާދު ވިދާޅުވީ ހިތަދޫއަކީ އައްޑޫގައި ދިރިއުޅޭ އާބާދީގެ 55 ޕަސެންޓް ނަމަވެސް، އައްޑޫ ސިޓީ ކައުންސިލަށް ލިބުނު ގްރާންޓްގެ ބޮޑު ބައެއް ބަހާފައިވަނީ ހިތަދޫއަށް ނޫން ކަމަށެވެ.

"ހިތަދޫ އަވަށު އޮފީހަށް ހަރަދުކުރީ 14 މިލިއަން ރުފިޔާ، އެއީ 37 ޕަސެންޓް އަޅުގަނޑުމެންނަށް ލިބުނު ގްރާންޓްގެ. ހުޅުދޫއަށް އެކަނި 4.9 މިލިއަން ހަރަދުކުރިން. ބާކީ 63 ޕަސެންޓް ހަރަދުކުރީ އެހެން އަވަށްތަކަށް. އެހެންވީމަ ކޮބައިތޯ ހިތަދޫގެ މެޖޯރިޓީ އޮވެގެން ކުރި ކަމަކީ؟،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ އަތުގައި ފާރުގަނޑެއް ޖެހުނީ ބަލަނީ އަތްބުރިކޮށްލާކަށް ނޫން ކަމަށާއި އެތަނުގައި ބޭސްއަޅައިގެން ރަނގަޅު ކުރެވޭތޯ ކަމަށެވެ. އެ އުސޫލުން މައްސަލަތަކެއް ހުރި ނަމަ، އެކަން ހައްލު ކުރަންވީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބަހުސްގައި ވަރަށް ސާފު. އައްޑޫ އޮންނަން ޖެހޭ އައްޑޫ ކައުންސިލެއްގެ ގޮތުގައި ދެމިގެންދާން ޖެހޭނީ،"

"ކޮބައި އެބަ ފެނޭ؟،" އައްޑޫ ބަހުން ބަހުސްގެ ތެރެއަށް ވަންނަވަމުން، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގް (މަރޭ) ފުރަތަމަ ވެސް ކުރެއްވީ ސުވާލެކެވެ.
އޭނާ ވިދާޅުވީ މިދިޔަ 55 އަހަރު ވެސް ކަން ކުރީ އައްޑޫ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި، އައްޑޫގައި ތިބި ރަނގަޅު މީހުން ނަގައި ތިރިކުރަން ކަމަށެވެ.

"އަފިރިން ލައްވާ އަފިރިންގެ ސިޓީ ކަތިލަނީ. އެބަ ފެނޭނުން ކުރާ ޒުވާބު،" މަރޭ ވާހަކަ ކުރިއަށް ގެންދެވި އެވެ.

އޭނާ ވިދާޅުވީ ވަކިވެގެން ހުޅުދޫ އަށް ވެސް މީދޫ އަށް ވެސް ފޭދޫއަށް ވެސް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި މުޅިން ވެސް ލިބޭނީ ގެއްލުން ކަމަށެވެ. އައްޑޫ ރައްޔިތުން ވަރަށް ރަނގަޅަށް ތަރައްގީގެ ވާހަކަ ދައްކަން ތިއްބާ، މާލޭގައި ހުންނެވި ކޮންމެ ވެސް ބޭފުޅަކު ހަމަ ކުއްލިއަކަށް ބަހުސަކަށް ހުޅުވާލައި، އައްޑޫގައި ބައިބައިވުން އުފައްދަނީ ކަމަށާއި އެކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެފައިވާ އެންމެ ބޮޑު ވައުދަކީ އައްޑޫ ބްރިޖު ކަމަށެވެ. އެއީ އުމްރާނީ ތަރައްގީގެ މަޝްރޫއުއެއް ކަމަށް ނުދެކޭ ކަމަށާއި، އެއީ އިންސާނުންނާއި އިންސާނުން ގުޅުވައިދޭ މަޝްރޫއުއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ހުޅުދޫ އަދި މީދޫ ރައްޔިތުންނާ މެދު އޮތް ހިތާއި ހިތުގެ ގުޅުން ޕިޒިކަލް ގުޅުމަކުން ގުޅުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

"އެއީ ވީ ވައުދަކީ. އެކަމަކު މިއަދު މި އުޅެނީ ވަކިކުރަން ވެގެން، ވޯޓަށް މި އަހަނީ. ވަރަށް އުއްމީދުކޮށްގެން ތިބީ ބްރިޖު އަޅައިގެން އެތަނުން ދަތުރުކޮށް ތިބޭނެ ކަމަށް. އެކަމައިގެން ކުރިއަށް ދާންވީނު،" މަރޭ ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ ވަކިވުމުގެ ބަދަލުގައި އިސްކަންދޭން ޖެހޭނީ އެކުވާން ކަމަށެވެ. "ގްރޭޓާ ދެކުނު"ގެ ނަމުގައި ހުރިހާ ރަށެއް ގުޅިގެން ސްޓޭޓެއް ވެސް ހަދައި، ބޭރުގެ ސިޓީތަކާ ވެސް ގުޅެންވީ ކަމަށް ވިދާޅުވި އެވެ. މަރޭ ދެކެވަޑައިގަންނަވާ ގޮތުގައި ތަރައްގީ އާއި ކުރިއެރުން އޮތީ އެގޮތުގަ އެވެ.

އަންނަ ހޮނިހިރުގައި އައްޑޫގައި ނަގާ ވޯޓާ އެކު، "ވަން އައްޑޫ"ގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުމާއި ހިތާމަ އެތައް ބަޔަކު ފާޅުކުރާ މީހުން ގެންދަނީ އެކަތިގަނޑެއްގެ އޮތުމުގެ ފައިދާ ދައްކަމުންނެވެ. އަނެއްކޮޅުން ހުޅުދޫ އަދި މީދޫގެ އެތައް ބަޔަކު ދައްކަނީ ތަކުލީފާއި ދަތީގެ ވާހަކަ އެވެ. ޒަމާނުންސުރެ އެ މީހުންނަށް ވެފައި އޮތީ އިހުމާލު ކަމަށާއި ބާރުވެރިކަން ނެތި ގިލަންވެރިކަމެއްގައި ތިބި ކަމުގެ ވާހަކަ އެވެ.

އެއްބަޔަކަށް މި ވޯޓުން ފެންނަނީ ޒަމާންވީ މައްސަލަތަކުގެ ހައްލެވެ. އަނެއް ބަޔަކަށް މިއީ ވުޖޫދުގައި ނެތް އިތުރު ނުރައްކާތަކެއްގެ ފެށުމެވެ.