13 އޮކްޓޯބަރ 2025 - 12:01

ސޯޝަލް މީޑިއާގައި ފުލުހުންނަށް ދިން އިންޒާރަކާ ގުޅިގެން ހިފެހެއްޓި، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ދޫކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ޒާޔާގެ ފޯނު ހިފެހެއްޓީ ފުލުހުން ޓެގްކޮށް، އެ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައިގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ ޒާޔާގެ ފޯނު އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެ ތަހުގީގު އިތުރު މައުލޫމާތެއް ނުދެ އެވެ.
މިދިޔަ ހުކުރު ދުވަހު، ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދިން ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް ސަރުކާރާ އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ވެސް ފޯނު ހިފަހައްޓައިފަ އެވެ. އެކަމަކު އޭނާގެ ފޯނު އަދި ދުލެއް ނުކުރެ އެވެ.