ޑީޖީޖީ އާއި މިނީސޯ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިވްއަވޭއެއް!
ޑީޖީޖީ އާއި މިނީސޯ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިވްއަވޭއެއް!

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕްރިމިއަމް ޕާޓްނަރު، މިނީސޯ ގުޅިގެން ދޭ "ވަން ޕީސް"ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މި ހަދިޔާއާ އެކު 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ލިބޭނެ އެވެ. މިއީ މަގުބޫލު އެނިމޭ، "ވަން ޕީސް"ގެ މިނީސޯ ކަލެކްޝަން ތައާރަފްކުރުމާ ގުޅިގެން ކުރިއަށްގެންދާ ގިވްއަވޭއެކެވެ.

މި ގިވްއަވޭގައި ބައިވެރިވުމަށް "dgg.mv" އަދި "soneesports.com"، މި ދެ ވެބްސައިޓަށް ސައިން-އަޕް ކުރަން ޖެހޭނެ އެވެ. އަދި ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯކޮށް ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާކުރަން ޖެހޭނެ އެވެ.

މި ގިވްއަވޭގައި ބައިވެރިވެވޭނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ޑީޖީޖީ އިން އަންނަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މިފަދަ އެކި މަސައްކަތްތަކެއް ކުރަމުންނެވެ. ޑީޖީޖީ އަކީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމަރުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރާ، ގޭމަރުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ދޭ ޕްލެޓްފޯމެކެވެ.