ނުރުހުމުގައި ކުއްޖެއްގެ ގައިގައި އަތްލި މީހަކު ޖަލަށް
ނުރުހުމުގައި ކުއްޖެއްގެ ގައިގައި އަތްލި މީހަކު ޖަލަށް

ކުއްޖެއްގެ ގައިގައި އަތްލި މައްސަލައެއްގައި މީހަކު 1 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުން މައްސަލައިގެ ރިޕޯޓް އާންމެއް ނުކުރެ އެވެ.

ކޯޓުން ބުނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ، ގައިގައި އަތްލުމުގެ ކުށް ސާބިތުވީ އާއިޝަތު ރައުޟާ އަހްމަދު ކިޔާ މީހެއްގެ މައްޗަށް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 1 މަހާއި ހަ ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން މީހެއްގެ ރުހުމަކާ ނުލައި އެ މީހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމަކީ އަދި އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމަކީ ކުށެކެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ މައްޗަށް ކުރީ "ގައިގާ އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ" ދައުވާ ކަމަށް ވާއިރު އެ ކުށަށް ދީފައިވަނީ، ގާނޫނުގައި ބުނާ އަސާސީ އަދަބު ކަމަށްވާ 1 މަހާއި ހަ ދުވަހުގެ ޖަލު އަދަބެވެ. އެހެންވެ އޭނާގެ އަމަލުގައި އަނިޔާއެއް ކުރުމެއް ނުހިމެނެ އެވެ.