ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"
ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"

މަޑަގަސްކަރައިގެ ސަރުކާރާ ދެކޮޅަށް ކުރަން ފެށި މުޒާހަރާތަކާ ސިފައިން ގުޅި، ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އެންޑްރީ ރަޖޮއެލީނާ ވިދާޅުވެފައި ވަނިކޮށް، ބަޣާވާތްކުރާ ސިފައިން އަސްކަރިއްޔާގެ ކޮންޓްރޯލް ނެގިކަން އިއުލާނުކޮށްފި އެވެ.

ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"
ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"

ރައީސް އެންޑްރީ ރަޖޮއެލީނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން މުޒާހަރާކުރަން ފެށީ ފެނާއި ކަރަންޓުގެ އެކި މައްސަލަތަކާ ގުޅިގެންނެވެ. މިއީ 2023 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އޭނާ އިންތިހާބުވި ފަހުން ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ.

ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"
ސިފައިން މުޒާހަރާއާ ގުޅި، މަޑަގަސްކަރައިގެ "ވެރިކަން ވައްޓާލައިފި"

މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާ އެކު އަމަލުކުރަމުން ދާއިރު ސިފައިންގެ ޔުނިޓެއް އިއްޔެ ވަނީ މުޒާހަރާއާ ގުޅިފައިވާކަން އިއުލާނުކޮށް ސިފައިންގެ އެހެން ޔުނިޓުތަކުން ވެސް ކޮމާންޑަރުންގެ އެންގުންތަކަށް ތަބާނުވަން ގޮވާލައިފަ އެވެ. އަދި މިއަދު ވަނީ ސިފައިންގެ ހުރިހާ ޔުނިޓުތަކެއް ވެސް އެ ޔުނިޓުގެ އަމުރުތަކަށް މިހާރު ތަބާވާން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

ވެރިންގެ އަމުރަށް ތަބާނުވަން ގޮވާލީ 2009 ވަނަ އަހަރު ބަޣާވާތަކުން ރައީސް އެންޑްރީ ރަޖޮއެލީނާ ވެރިކަމަށް އައުމަށް އެހީތެރިވެދިން އަސްކަރީ ސަޕޯޓް ޔުނިޓެއް ކަމަށްވާ ކެޕްސެޓްގެ ސިފައިންނެވެ.

"އަހަރެމެން މި ވަނީ ބޫޓުގައި ދޫ ލާ ބަޔަކަށް ވެފައި،" އެ ޔުނިޓުގެ ބައެއް މެންބަރުން އާންމުކުރި ވީޑިއޯއެއްގައި ބުންޏެވެ.

"އަހަރެމެން ވެފައި މި ތިބީ ބުނި ކޮންމެ ކަމެއް ކުރާ ބަޔަކަށް. ރައްޔިތުން ހިމާޔަތްކުރުމުގެ ބަދަލުގައި، ޣައިރު ގާނޫނީ އަމުރަކަށް ވިޔަސް އެ އަމުރަކަށް ތަބާވަން،" އެ މީހުން ބުނެފައިވެ އެވެ.

އެކަމަކު އެ ޔުނިޓުން ވަނީ ސިފައިންގެ އެއްވެސް ވެރިޔަކު ކުރާ އަމުރަކަށް ތަބާނުވެ ރައްޔިތުން ހިމާޔަތްކުރުމަށް ގޮވާލައިފަ އެވެ. އަދި ޣައިރު ގާނޫނީ އަމުރުކުރާ ކޮންމެ މީހަކަށް "ބަޑި އަމާޒުކުރުމަށް" ވެސް ބުނެފައިވެ އެވެ.

ރައީސް އެންޑްރީ ރަޖޮއެލީނާ މިއަދު ވަނީ ޣައިރު ގާނޫނީ ބާރު ބޭނުންކޮށްގެން ވެރިކަން ވައްޓާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައުމަށް ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.

މަޑަގަސްކަރައިގެ އަސްކަރިއްޔާ އަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ބާރުގެ ބޭނުންކުރުން އާންމު ބައެކެވެ. އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން އެތައް ވެރިކަމެއް ބަދަލުކުރުމުގައި ސިފައިން ބައިވެރިވި އެވެ. އޭގެ ތެރޭގައި 1970 ގެ ތެރޭގަ އާއި 2009 ވަނަ އަހަރު ރައީސް މާކް ރަވަލޯމަނާ މަގާމުން ދުރުކޮށް، އާ ލީޑަރަކަށް މޭޔަރު އެންޑްރީ ރަޖޮއެލީނާ އައްޔަން ކުރުން ވެސް ހިމެނެ އެވެ.