ޕީއައިއެސްޕީ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު ގެނެސްފި
ޕީއައިއެސްޕީ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު ގެނެސްފި

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު ރާއްޖެ އައިސްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިއީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ 2.5 މިލިއަން ޓަނުގެ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓު ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، މި ޕްރޮޖެކްޓުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓުތައް ގެނައުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުރަތަމަ ޝިޕްމަންޓުގައި 56,450 ޓަނުގެ ބޮޑު ހިލަ ވަނީ ގެނެސްފަ އެވެ. މި ޝިޕްމަންޓުން ގެނައި ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދީފައި ވަނީ ބ. މާޅޮހުގައި ކުރިއަށް ގެންދާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ ރަށްރަށުގެ ތަރައްގީއާ ގުޅިފައިވާ ބޮޑެތި މަޝްރޫއުތަކަކަށް ވާއިރު، އެ މަޝްރޫއުތައް ނިމުމުން އާއްމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަަންނަ ކުންފުންޏެކެވެ.