މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް
މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް

ތިން ވަނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްގައި، ޓޫރިޒަމް ހިދުމަތްދޭ އަށް ތަނަކަށް 10 އެވޯޑެއް މިއަދު ދީފި އެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް
މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް

ޓޫރިޒަމް ދާއިރާގެ ހިދުމަތް ދޭ ގިނަ ފަރާތްތަކެއް ބައިވެރިވެ، ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މުޖުތަމައު ބާރުވެރިކުރުވުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އެވޯޑުތައް ދީފައިވެ އެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް
މޯލްޑިވްސް ޓޫރިޒަމް އެވޯޑް: ޓޫރިސްޓު 8 ފެސިލިޓީއަކަށް 10 އެވޯޑް

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ޓޫރިޒަމްގެ ހިދުމަތްތައް ފާހަގަކުރުމަކީ އެ މިނިސްޓްރީއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެނީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މި ސަރުކާރުން ޓޫރިޒަމް ދާއިރާއަށް އިންވެސްޓްމެންޓްތައް ފުޅާކޮށް، ދާއިރާ ކުރިއަށް ގެންގޮސް، ބޭނުންވާ އިންސްޓިޓިއުޝަނަލް ފްރޭމްވޯކް އެކުލަވާލުމުގައި ގިނަ މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އަންހެނުން ބާރުވެރިކުރުވުމާއި ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނެ ކަމަށެވެ. އަދި ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިން ވަނަ އަހަރީ ޓޫރިޒަމް އެވޯޑަށް، ޓޫރިޒަމްގެ ހިދުމަތްދޭ 43 ފެސިލިޓީއަކުން 19 އެވޯޑަށް 84 އެޕްލިކޭޝަން ލިބުނެވެ. އޭގެ ތެރޭގައި ޓޫރިސްޓު ރިސޯޓުތަކަށާއި ޓޫރިސްޓު ހޮޓާތަކަށާއި ޓޫރިސްޓު ގެސްޓް ހައުސްތަށް އަދި ޓޫރިސްޓު އުޅަނދުތަކުގެ ކެޓަގަރީން، ކޮންމެ ކެޓެގަރީއަކަށް ފަސް އެވޯޑު ހިމެނެ އެވެ.

1. ޖޯލި މޯލްޑިވްސް

2. ކޮންރަޑް މޯލްޑިވްސް

3. ޖޯލި ބީން

4. ޖެން ހޮޓެލް

5. ކާނި ހޮޓެލްސް

6. ޓްރައިޓަން ޕްރިސްޓީޖް

7. ވޮޔޭޖަސް މޯލްޑިވްސް

8. ބެސްޓް ޑައިވް

ޓްރެވަލް އޭޖެންސީތަކަށާއި ރިސޯޓުތަކާއި ރަށްރަށުގައި ހުންނަ ޑައިވް ސެންޓަރުތަކަށް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ދެއްވާ އެކްސެލެންސް އެވޯޑް ވެސް ހިމެނެ އެވެ. އެ އެވޯޑުތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވަޒަންކުރީ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ ޕެނަލަކުންނެވެ.