15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

މާލެ ކައިރިން ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް ހަމަނުޖެހި އުޅޭތާ 15 އަހަރު ފަހުން ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

މި ސަރުކާރުން އެ ތަން ހަމަޖައްސައިދިނީ އެނބުދޫ ފަޅުގައި (ކްރޮސްރޯޑްސް) ގަ އެވެ.

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

އެ ކޭމްޕިން ސައިޓް މިއަދު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

ކްރޮސްރޯޑްސްގައި ސްކޫލް ކުދިންގެ ކޭމްޕިން ގްރައުންޑް ހަދައި ދިނީ ކްރޮސްރޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. ޖުމުލަ ތިން ހެކްޓަރުގެ އެ ސަރަހައްދުގައި މިސްކިތަކާއި ފަސްޓް އެއިޑް ކޮޓަރިއަކާއި އެޑްމިން އޮފީހެއް އަދި ކޮޓަރިތައް ހުރެ އެވެ.

15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި
15 އަހަރަށް ފަހު، ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް މާލެ ކައިރިން ހަމަޖައްސައިދީފި

މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުން ކޭމްޕް ކުރާނެ ތަނެއް މާލެ ސަރަހައްދުގައި ނެތި 15 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ. އެކަން އެހެން އޮތް އިރު ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނަރަ ވަރަކަށް އަހަރު ވެއްޖެ މަދަރުސާ ކުދިންގެ ކޭމްޕިން ގްރައުންޑް މާލެ ސަރަހައްދުން ދިޔަތާ. ފަނަރަ އަހަރަށް ފަހުގައި ދަރިވަރުންނަށް އެކިއެކި ހުނަރާއި ގާބިލިއްޔަތުތައް ދީ، އެ ކުދިންނަކީ އެއީ އެކިއެކި ހުނަރުތައް ލިބިފައިވާ ކުދިންގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޔުނިފޯމް ބޮޑީސް. ކެޑޭޓް، ސްކައުޓް އަދި ގާލްގައިޑް ހަރަކާތްތަކަކީ މުހިއްމު ހަރަކާތްތަކެއް ކަމަށް މަނިކުފާނު ގަބޫލުކުރައްވަނީ،" ރައީސް މުއިއްޒާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، ކޭމްޕިން ގްރައުންޑްގެ ގޮތުގައި މިއަދު ހުޅުވީ އެ ކަމަށް ވަރަށް އެކަށޭނަ ތަނެކެވެ. އަދި "ޔުނިފޯމް ބޮޑީސް" ގެ ހަރަކާތްތައް ކޭމްޕިން ގްރައުންޑާ އެކު، ފުރިހަމަ ވާނެ ކަމުގެ އުންމީދު އޭނާ އާ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޭމްޕިން ސައިޓްގެ ބޭނުން ކުރާނީ ހަމަ އެކަނި ޔުނިފޯމް ބޮޑީސްގައި އުޅޭ ދަރިވަރުން އެކަނި ނޫން ކަމަށެވެ.

"މި ކޭމްޕިން ގްރައުންޑަކީ، މި ސައިޓަކީ ތައުލީމީ އެކިއެކި ހަރަކާތް ވެސް ހިންގާނެ ގްރައުންޑެއްގެ ގޮތުގައި އޮންނާނީ. އަބަދު ކެޑޭޓް، އަބަދު ސްކައުންޓް ނުވަތަ ގާލްގައިޑް ކޭމްޕްގައި ނުތިއްބަވާނެ،" އޭނާ ވިދާޅުވި އެވެ.

ކޭމްޕިމް ސައިޓް ބޭންކުރެވޭނެ އެހެން ކަންތައްތަކުގެ ތެރޭގައި ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން ފީލްޑް ޓްރިޕް ދިއުމާއި ތިމާވެށްޓާ ބެހޭ ގޮތުން ހިންގާ އެކިއެކި ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"އަދި ހަަމ އެއާ އެކުގައި ހަފުތާ ބަންދުގައި ބެލެނިވެރިން ދަރިވަރުންނާ އެކުގައި، އެ ބެލެނިވެރިން ދަރިވަރުންނަށް މާހައުލުން އުގަންނައިދޭން ބޭނުންވާ އެކިއެކި [ކަންކަމާ ގުޅޭ] އިވެންޓްތަކާއި އެކިއެކި ހަރަކާތްތަކަށް ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ މި ކޭމްޕިން ގްރައުންޑް އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ކުދިން ކޭމްޕްކުރަން މާލެ ސަރަހައްދުގައި އެންމެ ފަހުން އޮތް ގުުދުރަތީ ރަށަކީ ފޭދޫ ފިނޮޅެވެ. ނަމަވެސް އެ ރަށް މީގެ 8 ވަރަކަށް އަހަރުކުރިން ވަނީ ރިސޯޓެއް ހަދަން ދޫކޮށްދަ އެވެ.