ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި
ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ޖަރުމަނުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު، ޑރ. ފީލިކްސް ނިއުމަން ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި
ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

އެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސްގެ އޮފީހުގަ އެވެ.

އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖަރުމަނުވިލާތުގެ އާ ސަފީރަށް ރައީސް މުއިއްޒު މަރުހަބާ ދެންނެވި އެވެ.

ރާއްޖެ އާއި ޖަރުމަނާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.