09 އޮކްޓޯބަރ 2025 - 14:11

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އުފެއްދުންތައް ވިއްކާ މެރިން އިކުއިޕްމަންޓްސްއިން އެމެރިކާގެ މަޝްހޫރު "ޕޮލިފޯމް" ބްރޭންޑުގެ އޮތޮރޮޒައިޒްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށް، އެ ބްރޭންޑުގެ ފެންޑަރު ވިއްކަން ފަށައިފި އެވެ.
މެރިން އިކުއިޕްމަންޓްސްއިން ބުނީ އެތަނުން ޕޮލިފޯމް ބްރޭންޑު އެފް ސީރީޒްގެ ފެންޑަރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެފް2 އިން ފެށިގެން އެފް12ގެ ރޭންޖުގެ ކަޅާއި ހުދު ކުލައިގެ ފެންޑަރު އެތަނުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ޕޮލިފޯމްގެ އެފް ސީރީޒްގެ ފެންޑަރަކީ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ބްރޭންޑެކެވެ. އެއީ މާކެޓުގައި މިހާރު ވިއްކާ ފެންޑަރުތަކުގެ ތެރެއިން ކޮލެޓީ ރަނގަޅު އަދި އޮޑިދޯނި ފަހަރަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭނެ އެއްޗެކެވެ. އެފް ސީރީޒްގެ ފެންޑަރުތަކުގައި ޔޮޓުތަކުން ފެށިގެން މަސް ދޯނިތަކުގެ ވެސް ބޭނުން ކުރެވޭނެ ސައިޒުތައް ހިމެނެ އެވެ.
އެ ފެންޑަރުތަކުގައި "ޕޮލިފޯމް"ގެ ތަފާތު ވައިނަލް ވެލްވެ ސިސްޓަމް ހިމެނެ އެވެ. އަދި އެއީ ވަރުގަދަ އަދި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފެންޑަރެވެ. އަދި އެއީ ދިގަށާއި ހުރަހަށް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. "ޕޮލިފޯމް"ގެ ފެންޑަރު އުފައްދަނީ އެމެރިކާގަ އެވެ.
މެރިން އިކުއިޕްމަންޓްސް އަކީ މެރިން ދާއިރާގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ވަސީލަތްތައް އަދި ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އެ ކުންފުނިން ވިއްކާ އުފެއްދުންތައް މާލޭގެ ހިރިޔާ ސްކޫލް ކައިރީގައި ހުންނަ މެރިން އިކުއިޕްމަންޓްސް ޝޯރޫމުން ލިބޭނެ އެވެ. އަދި އެމްއެމްއޭ ފުރަގަހުގައި ހުންނަ ގޯޅީގައި ހުންނަ މެރިން މާސްޓާ އާއި ހުޅުމާލެ ފޭސް އެކެއްގެ ރެނާޓަސްގައި ހުންނަ މެރިން މާސްޓާ ފިހާރައިން ވެސް އެ ބްރޭންޑުގެ އެކި އުފެއްދުންތައް ލިބެން ހުންނާނެ އެވެ.