އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި
އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި

ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ގުރުއަތުން ކަނޑައަޅައިފި އެވެ.

އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި
އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެހެންވެ، ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ވަނީ 50 މީހުން ފޮނުވައިފަ އެވެ.

އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި
އަންނަ އަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ކަނޑައަޅައިފި

މިއަހަރު ހައްޖަށް ފޮނުވާ 50 މީހުން ކަނޑައަޅަން މިއަދު ގުރުއަތު ނެގީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓްރީން ބުނީ ގުރުއަތު ނެގީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު މުދަލު ޒަކާތް ބެހިއިރު އެ ލިސްޓުގައި ތިބި 2،853 މީހުންގެ ތެރެއިން އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކަމަށެވެ.

ފަގީރުންގެ ލިސްޓުގައި އެ އުމުރުގެ މީހުންގެ ގޮތުގައި ތިބީ 433 މީހުންނެވެ. ނަމަވެސް ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ 63 މީހުންނާއި ސިއްހީގޮތުން ގާބިލްކަން ނެތް 103 މީހަކު ލިސްޓުން އުނިކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ، ގުރުއަތު ނެގީ 267 މީހުންގެ މެދުގަ އެވެ.

ނަމަވެސް ގުރުއަތުން ހޮވުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ފުރުސަތު ދޭނެ އިތުރު 25 މީހަކު ކަނޑައަޅަން ވެސް މިއަދު ވަނީ ގުރުއަތު ނަގައިފަ އެވެ.

މިނިސްޓްރީން ބުނީ މިފަހަރު ލިސްޓުގައި ތިބި މީހުންނަކީ ފަގީރުންގެ ތެރެއިން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ މީހުންތޯ ރަށްރަށުގެ ކައުންސިލްތަކުން ޔަގީން ކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް މާލެ އައުމުގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައިދެ އެވެ.

މިނިސްޓްރީން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓާ މެދު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.