ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު 9 ގައި ރަސްމީކޮށް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވަނީ

ހަނިމާދޫ އެއާޕޯޓް މިހާރު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު "މިހާރު"އަށް ވިދާޅުވީ އެ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަންނަ މަހު 9 ގައި އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް މިމަހު އެތަން ބޭނުންކުރަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ރަސްމީކޮށް ހުޅުވުމުގެ ކުރިން މިމަހު އާ ޓާމިނަލް ބޭނުންކުރަން ފަށަނީ އެ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އެވެ. އެހެންވެ، އޮޕަރޭޝަންތައް މިމަހު އާ ޓާމިނަލަށް ބަދަލުކޮށް، ބާ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފަށާނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާއި ހިއްސާކުރުމަށް އެމްއޭސީއެލްއިން މިދިޔަ އާދިއްތަ ދުވަހު ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވައިފަ އެވެ.

އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ މިންވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.