09 އޮކްޓޯބަރ 2025 - 11:12

ރާއްޖޭގައި އެންމެ މަގުބޫލު އެއް އޮޕްޓިކަލް، ސިޓީ އޮޕްޓިކަލް އިން ހިލޭ ނަމްބަރު އައިނު ހެއްދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި، ސާފު ލޯކޮޅާ އެކު ހިލޭ އައިނު ހެއްދޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން އާސަންދަ، ޕޮލިސް އަދި އެމްއެންޑީއެފް އިންޝުއަރެންސް ގެންގުޅޭ ކަސްޓަމަރުންގެ އިންޝުއަރެންސަށް ކެނޑުމަށް ފަހު ބާކީ ދައްކަންޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. މި ކަސްޓަމަރުންނަށް ލޯކޮޅާ އެކު ހިލޭ ނަމްބަރު އައިނު ހެއްދޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އައިނު ހައްދަނީ އެލައިޑް، އަމާނާ ތަކަފުލް އަދި ސޮލަރެލްގެ ކޭޝްލެސް އިންޝުއަރެންސް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން އައިނު ހައްދަން ކޭޝްލެސް އިންޝުއަރެންސްގެ ގޮތުގައި 2000ރ. ލިބޭ ފަރާތްތަކުން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ. ކޭޝްލެސް އިންޝުއަރެންސްގެ ގޮތުގައި 2000ރ. އަށް ވުރެ ދަށް ނަމަ، ބާކީ ބައި ދައްކަން ޖެހޭނެ އެވެ.
އެލައިޑް، އަމާނާތަކަފުލް އަދި ސޮލަރެލް ކަސްޓަމަރުންގެ ތެރެއިން ކޭޝްލެސް އިންޝުއަރެންސް ނެތް ފަރާތަކަށް ވެސް މި ޕްރޮމޯޝަންގެ ދަށުން 2،000 ރުފިޔާއަށް އައިނު ހެއްދޭނެެ އެވެ. އަދި އެއްވެސް އިންޝުއަރެންސެއް ނެތް ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި އައިނު ހެއްދޭނީ ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ވަކި ކަލެކްޝަނަކުންނެވެ. އެ ކަލެކްޝަނުގައި އެ ތަނުން ވިއްކާ ގިނަ އަދަދެއްގެ ސްޓައިލިޝް، ކޮލިޓީ އައިނުތައް ހިމެނޭނެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ ގޮތުން ސިޓީ އޮޕްޓިކަލްގެ އޮފިޝަލަކު ވިދާޅުވީ މިއީ މުޅިން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ލިބޭ ގޮތަށް ރާއްޖޭގައި ހިންގާ ފުރަތަމަ ޕްރޮމޯޝަން ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި ގިނަ އަދަދެއްގެ ކަސްޓަމަރުން ސިޓީ އޮޕްޓިކަލްއަށް ޒިޔާރަތްކޮށް އައިނު ހައްދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޓީ އޮޕްޓިކަލް އިން ބުނީ އާސަންދަ ލިބޭ ކަސްޓަމަރުން ހޮސްޕިޓަލްގެ ޕްރިސްކްރިޕްޝަން ގެންދިއުމުން އެތަނުން އަވަހަށް ހިލޭ އައިނު ހެއްދޭނެ ކަމަށެވެ. އާސަންދަ ނޫން އެހެން އިންޝުއަރަންސް ގެންގުޅޭ ފަރާތްތަކުން ސިޓީ އޮޕްޓިކަލް ހުޅުމާލެ ބްރާންޗުން ފަސޭހަކަމާ އެކު ހިލޭ ލޯ ޓެސްޓު ކުރުމަށް ފަހު އައިނު ހެއްދޭނެ އެވެ.
މާލޭގެ ފަރީދީ މަގުގައި ހުންނަ ފެންޓަސީ ސްޓޯ ކުރިމަތީގައި ސިޓީ އޮޕްޓިކަލްގެ އައުޓްލެޓެއް ހުރެ އެވެ. އަދި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ވެސް ސިޓީ އޮޕްޓިކަލްގެ އައުޓްލެޓެއް ހުރެ އެވެ. މި ދެ އައުޓްލެޓުގައި ވެސް ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.
ސިޓީ އޮޕްޓިކަލް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ރޭގަނޑު 10:30 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4 އިން ރޭގަނޑު 10 އަށް ހުޅުވަ އެވެ.