09 އޮކްޓޯބަރ 2025 - 09:49

"ކޯލްޑް ޕާމާ" އަކީ އޭނާ ޓްރޭޑްމާކެއްގެ ގޮތުގައި އިންގްލެންޑުގެ މިޑްފީލްޑަރު ކޯލް ޕާމާ ރަޖިސްޓަރީކޮށްފި އެވެ.
ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ޕާމާއަށް ސަޕޯޓަރުން އާއްމުކޮށް ބޭނުން ކުރަމުން އަންނަ "ކޯލްޑް ޕާމާ" ވިޔަފާރީގެ ގޮތުގައި އޭނާގެ ހުއްދައާ ނުލައި ދެން ބޭނުމެއް ނުކުރެވޭނެ އެވެ.
ޕާމާ ވަނީ އޭނާގެ ނަމާއި އޮޓޯގްރާފްގެ އިތުރުން އޭނާގެ ގޯލް ސެލެބްރޭޝަން ވެސް ޓްރޭޑްމާކް ކޮށްފަ އެވެ. މިއާއެކު މި ތަކެތި އޭނާގެ ހުއްދައާ ނުލައި ބޭނުންކޮށްފި ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އޭނާއަށް ލިބެ އެވެ.
ޕާމާއަކީ ރަސްމީ ޓްރޭޑްމާކެއް ރަޖިސްޓާ ކުރި ފުރަތަމަ ކުޅުންތެރިޔާއެއް ނޫނެވެ. ކިލިއަން އެމްބާޕޭ ވަނީ 2019 ވަނަ އަހަރު އޭނާގެ ގޯލް ސެލެބްރޭޝަން ޓްރޭޑްމާކް ކޮށްފަ އެވެ. މީގެ އިތުރުން މެސީ އާއި ރޮނާލްޑޯ އަދި ގެރެތު ބޭލް އަދި ޑޭވިޑް ބެކަމްގެ ވެސް ޓްރޭޑްމާކު ހުރެ އެވެ.
މި ސީޒަންގައި ޕާމާ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އިނގިރޭސި މީޑިއާތަކުން ހާމަކުރާ ގޮތުގައި އޭނާއަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ނޮވެމްބަރު މަހު އެވެ.
ޗެލްސީއާ އެކު ފުރަތަމަ ސީޒަންގައި 45 މެޗު ކުޅުނު ޕާމާ މިދިޔަ ސީޒަންގައި ކްލަބް ވޯލްޑް ކަޕާ އެކު ޖުމްލަ 52 މެޗު ކުޅުނެވެ. މި ސީޒަންގައި މިހާތަނަށް އޭނާ ކުޅުނު ހަތަރު މެޗުން ވަނީ ދެ ގޯލު ޖަހައިފަ އެވެ.