ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފި
ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފި

ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑުގެ ހިދުމަތާއި ފާސްޕޯޓުގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކުރުން މިރޭ ފާހަގަކޮށްފި އެވެ.

ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފި
ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފި

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އޭރު އެދެމުން އައި ކަމެކެވެ. ޕާސްޕޯޓުގެ ހިދުމަތަށް އެދޭތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މާލެ ފިޔަވައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭން އެންމެ ފުރަތަމަ މި ސަރުކާރުން ފެށި ތަންތަނަކީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފުރަތަމަ ފެށީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.

އދ. އަތޮޅަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ފަހު ރަށަކަށް ވަޑައިގެންނެވީ އެ އަތޮޅު މަހިބަދުއަށެވެ.

މަހިބަދޫގެ ރައްޔިތުންނާ އެކު ރައީސް މުއިއޒު ބޭއްވެވި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އެވެ

މަހިބަދޫގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރައީސް މުއިއްޒަށް، ޕާސްޕޯޓާއި އައިޑީކާޑު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދޭން ފެށިކަން ފާހަގަ ކުރުމަށް ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.

މީގެ ކުރިން އެ ހިދުމަތް ހޯދަން ދާން ޖެހެނީ ބޮޑު ހަރަދުކޮށް މާލެއަށެވެ. ހާއްސަކޮށް ޕާސްޕޯޓުގެ ހިދުމަތަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ އެ ނިންމެވުމާ އެކީ، މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އައިޑީ ކާޑާއި ޕާސްޕޯޓު ހައްދައި އެ އަތޮޅަކުން ލިބޭނެ އެވެ.